ޒިންކަނީ ހަށިގަނޑުގެ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށްޓަކައި ވަރަށްވެސް މުހިންމު މާއްދާއެކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ޒިންކު ނުލިބޭނަމަ އޭގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވެއެވެ. ނަމަވެސް މިކަމުގެ އަލާމާތްތައް އާންމު ގޮތެއްގައި ފެންނަނީ މައްސަލަތައް ވަރަށް ބޮޑަށް ގޯސްވާ ފަހުންނެވެ. ތިރީގައި މި ހިމަނާލަނީ ހަށިގަނޑަށް ބޭނުންވާ ވަރަށް ޒިންކު ނުލިބޭނަމަ ދިމާވާ ބައެއް މައްސަލަތަކެވެ.
އިސްތަށިގަނޑު ތުނިވެ ނިޔަފަތި ހަލާކުވުން
އިސްތަށިގަނޑު ތުނިވެ ނިޔަފަތި ހަލާކުވުމަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް ޒިންކު ނުލިބޭނަމަ ދިމާވާ މައްސަލައެކެވެ. ޒިންކަކީ އިސްތަށިގަނޑާއި ނިޔަފަތިތަކުގެ ސިއްހަތު ރަނގަޅު ކުރުމުގައި ބޮޑު ރޯލެއް އަދާ ކުރާ މާއްދާއެކެވެ. އެހެންވެ މި މާއްދާ މަދުވާނަމަ ބޮލުން އިސްތަށި ފާބައި، ނިޔަފަތިތައް ބިންދައިގެން ދިއުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.
ހަމުގެ މައްސަލަތައް ދިމާވުން
ހަށިގަނޑަށް ބޭނުންވާ ވަރަށް ޒިންކު ނުލިބޭނަމަ އޭގެ ސަބަބުން ހަމުގެ މައްސަލަތައްވެސް ދިމާވެއެެވެ. މިއީ ހަންގަނޑު މަރާމާތު ކުރުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ މާއްދާއެކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ޒިންކު ނުލިބޭނަމަ ހަންގަނޑު އިންފެކްޝަންތަކައް ހުށަހެޅޭ ވަރު ބޮޑު ވެއެވެ. އަދި އޭގެ ސަބަބުން ހަންގަނޑު ފާރުވެ، މަރާމާތު ވުމަށް ވަގުތުތަކެއް ނަގައެވެ.
ޑައިރިއާ
ޑައިރިއާ ނުވަތަ ގިނަގިނައިން ބޮޑުކަމުދެވުމަކީވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ޒިންކު ނުލިބޭނަމަ ދިމާވާ މައްސަލައެކެވެ. މިކަން މިހެން ދިމާވަނީ މި މާއްދާ މަދު ވުމުގެ ސަބަބުން ހަޖަމުގެ ނިޒާމުގެ މަސައްކަތްތަަކަށް ބުރޫ އަރާތީއެވެ.
ވީމާ މިއިން އެއްވެސް އަލާމާތެއް ފެންނަނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހެދުމަކީ މުހިންމު ކަމެކެވެ. އަދި ޒިންކު އެކުލެވޭ ކާނާގެ ބާވަތްތައް ކެއުމަކީވެސް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު