ހުޅުމާލެ--
ހުޅުމާލެ--
ގެވެށި އަނިޔާ ލިބޭ މީހުން ބައިތިއްބާ "ސޭފް ހޯމް" އަޅަން ފިނޭންސް މިނިސްޓްރީން ހުޅުމާލެއިން 31 މިލިއަން ރުފިޔާއަށް ބިމެއް ގަނެފި އެވެ.

އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނީ އެ ބިން ގަންނަން ފިނޭންސް މިނިސްޓްރީން 31.5 މިލިއަން ރުފިޔާ އެޗްޑީސީއަށް ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ.

އެހެންވެ ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ އެ ބިމުގެ މިލްކުވެރިކަން ފިނޭންސް މިނިސްޓްރީގެ މައްޗަށް ކަނޑައަޅައިދީފަ އެވެ.

އެ "ސޭފް ހޯމް" ހަދަން ފިނޭންސް މިނިސްޓްރީން ގަނެފައިވަނީ 10،000 އަކަފޫޓުގެ ބިމެކެވެ.

މިއީ "ސޭފް ހޯމް"އެއް އެޅުމަށްޓަކައި ފިނޭންސް މިނިސްޓްރީ އާއި ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމަންޓް އަދި އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ގަތް ބިމެއް ކަމަށް ވެސް ހުކުމްގައި ބުނެފައި ވެއެވެ.

އޭޑީބީގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއުގައި ދިވެހި ސަރުކާރާއެކު ސޮއިކުރީ 2022 ވަނަ އަހަރު އެވެ. އޭޑީބީގެ 7.5މިލިއަން ޑޮލަރުގެ އެހީގެ ދަށުން ހުޅުމާލޭގެ އިތުރުން ރ. އުނގޫފާރާއި އައްޑޫގައިވެސް "ސޭފް ހޯމް" ގާއިމުކުރާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން