ހައްދުފަހަނަޅައަޅާފައިވާ ނިރުބަވެރި އިސްރާއީލުން ފަލަސްތީނާއެކު ހެދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވާލިފަހުން މިއަދާ ހަމައަށް އެކަނިވެސް 1،560 މީހުން މަރާލިކަން ޔަގީންވެއްޖެއެވެ.
އެމެރިކާގެ މަދަދާއެކު އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ ހަނގުރާމައިގައި އެ ސިޓީގެ އިންސާނީ ހާލަތު މިހާރު ވަނީ ހީނުކުރާ މިންވަރަށް ގޯސްވެފައެވެ. މާރިޗް މަހުގެ 18 ވަނަ ދުވަހު އިސްރާއީލުން އަލުން ޙަމަލާތައް ފެށިފަހުން މިއަދާ ހަމައަށް ޖުމްލަ 1،563 މީހުން ވަނީ މަރުވެފައެވެ.
ހޮނިހިރު ދުވަހު ޣައްޒާގެ ހެލްތު މިނިސްޓްރީން ނެރުނު އާ ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުން ދިން ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 21 މީހުން މަރުވެފައިވާ ކަމަށެވެ. އަދި މާރިޗް 18 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް މަރުވި މީހުންގެ ތެރެއިން އެތައް ސަތޭކަ ކުޑަކުދިން ހިމެނޭ ކަމަށްވެސް ސަލާމަތީ ފަރާތްތަކުން ބުނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ފެށުނު ފަހުން ޖުމްލަ 50،933 މީހުން މަރުވެ 116،045 މީހުން ޒަޚަމްވެފައިވާ ކަމަށް އެ މިނިސްޓްރީން ނެރުނު އެންމެ ފަހުގެ އަޕްޑޭޓްގައި ބުނެފައިވެ އެވެ. މި ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަަސްވުމުގެ ފުރަތަމަ ފޭސް ފެށިގެން ދިޔައީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. ނަަމަވެސް މި އެއްބަސްވުމުގެ ފުރަތަމަ ފޭސް ނިމުނު އިރު އިތުރަށް މިހަނގުރާމަ މެދުކަނޑާލުމާ ބެހޭގޮތުން އިސްރާއީލާއި ހަމާސް އިންވެސް އެއްބަސްވުމަކަށް ނާދެވެއެވެ.
އެގޮތުން އިސްރާއީލުގެ ހަމަލާތައް އަލުން ވަރުގަދަކޮށްފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު އިސްރާއީލުން ޣައްޒާގެ ތޫފާ އަވަށަށްވެސް ވަނީ ހަމަލާއެއް ދީފައެވެ. މި ހަމަލާގައި ދެކުދިން ޒަހަމްވެފައިވެ އެވެ. އަދި ޣައްޒާގެ އުތުރު ފަރާތުގައި އޮންނަ ބެއިޓް ލަހިޔާގެ އަލް އަތަޓްރާ ޑިސްޓްރިކްޓްއަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ އިތުރު ދެ މީހަކު މަރުވެފައިވާއިރު، ޚާން ޔޫނިސްގެ ދެކުނުގައި އޮންނަ ޤިޒާން އަން ނަޖާރު ސަރަހައްދަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އިތުރު ދެ މީހަކު ވަނީ މަރުވެފަ އެވެ.
މި ހަމަލާތަކުގެ އިތުރުން އިސްރާއީލުން "ރައްކާތެރި ސަރަހައްދެއް" ކަމަށް ބުނާ ޚާން ޔޫނިސްގެ ހުޅަނގުގައި އޮންނަ އަލް މަވާސީ ސަރަހައްދުގައި އާންމުންގެ ޓެންޓް ހިޔާތަކަށް ދިން ހަމަލާތަކުގައި ވެސް އެތައް ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު