މަރްޔަމް ނަހްދާ ވަޙީދު   13 އޭޕްރީލު 2025 - 7:16
ބިލަތްގަނޑު ތައްޔާރު ކުރުން
ބިލަތްގަނޑު ތައްޔާރު ކުރުން
ބިލަތަކީ އަޅުގަނޑުމެން އެންމެންވެސް ބޮޑު ދުފުން ދުފާއިރު ބޭނުން ކުރާ އެއްޗެކެވެ. މިއީ ހަށިގަނޑަށް ވަރަށް ފައިދާހުރި މާއްދާތަކެއް އެކުލެވޭ އެއްޗަކަށްވީއިރު، މިއީ ބޭސްވެރިކަމަށްވެސް ޒަމާނުއްސުރެ ބޭނުން ކުރަމުން އައިސްފައިވާ އެއްޗެކެވެ. މިފަހަރު މި ހިމަނާލަނީ ކާއެއްޗެހި ކެއުމަށްފަހު ބިލަތް ކެއުމަށް އާދަކުރަން ޖެހޭ ބައެއް ސަބަބުތަކެވެ.

ހަޖަމު ކުރުމަށް އެހީވެދޭ

ބިލަތަކީ ހަޖަމު ކުރުމުގައި އެހީވެދޭ އެއްޗެކެވެ. މި ކެއުމުން އަނގައިގައި ކުޅު އުފެދޭވަރު އިތުރުވެ، އޭގެ ސަބަބުން ކާއެއްޗެހި ހަޖަމު ކުރާ އެންޒައިމުތަކުގެ މަސައްކަތް އިތުރަށް ރަނގަޅުވެއެވެ. އަދި ކާއެއްޗެހި ފަސޭހަކަމާއެކު ހަޖަމުވެސްވެއެވެ. މިކަމުގެ ސަބަބުން ހަޖަމުގެ ނިޒާމަށް ބާރު ކުޑަވެ، ހަޖަމުގެ މައްސަލަތަކުން މީހާ ރައްކާތެރިވެއެވެ.

އަނގައިގެ ސިއްހަތު ރަނގަޅުވޭ

ބިލަތުގައި އެކުލެވޭ އެންޓިބެކްޓީރިއަލް އަދި އެންޓިސެޕްޓިކް ސިފަތަކުގެ ސަބަބުން އަނގައިގެ ސިއްހަތު ރަނގަޅުވެއެވެ. މީގެ ސަބަބުން އަނގައިގެ ނުބައިވަސް ނައްތާލައި، ދަތުގައި ހުންނަ "ޕްލޭގް" ރަނގަޅު ކުރުމަށް އެހީވެދެއެވެ. އަދި އަނގައިގައި ހުންނަ ޖަރާސީމު ނައްތާލުމަށްވެސް އެހީވެދެއެވެ.

ވިހަތައް ބޭރުކޮށްދޭ

ބިލަތަކީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރު ކުރުމުގައިވެސް އެހީވެދޭ އެއްޗެކެވެ. މިއީ ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓުތަކާއި އެސެންޝިއަލް އޮއިލްތައް އެކުލެވޭ އެއްޗެކެވެ. އެހެންވެ މި ބޭނުން ކުރުމުން ފުރަމޭ "ޑިޓޮކްސް" ވުމުގައި އެހީވެދެއެވެ. އަދި އޭގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން