އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުުބައިރު (މަންދީ) ގަޔަށް ކަޅުތެޔޮ ޖެހި މީހާ ބަންދުން ދޫކޮށްލައިފި އެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖެހީ މިދިޔަ މަހުގެ މެދުތެރޭގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވުމަށް ފަހު އެ ރޭ ދަންވަރު އޭނާ ގެއަށް ދިޔަ މަގުމަތީގަ އެވެ. ކާކުކަން ނޭނގޭ ގޮތަށް ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ބަޔަކު މަންދީގެ އިތުރުން އިތުރު މީހެއްގެ ގަޔަށް ވެސް ކަޅުތެޔޮ ޖެހި އެވެ.
އެ މައްސަލައިގައި ގއ. ދާންދޫ/ ސަންލައިޓްވިލާ، އަހުމަދު ރިޝްމާހް (20އ.) ހައްޔަރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އަދި އޭނާގެ ބަންދަށް އޭރު 15 ދުވަސް ވެސް ޖެހިއެވެ.
ނަމަވެސް ރޭ ކްރިނިމިލް ކޯޓުން ނެރުނު ބަންދު އަމުރުގައި ވަނީ އޭނާ ބަންދުން ދޫކޮށްލަން އަމުރުކޮށްފަ އެވެ.
ރިޝްމާހު ބަންދުން ދޫކޮށްލަން އަމުރުކުރީ އޭނާއަށް ކުރެވެނީ ޖިނާއީ ކުޑަ ކުށެއްގެ ތުހުމަތަކަށްވެފައި އޭނާ 15 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ ކަމަށް ބަންދު އަމުރުފައި ބުނެފައި ވެއެވެ.
އަދި އޭނާ ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނުމަކީ ވެސް ބަންދުން ދޫކޮށްލަން ނިންމި ސަބަބެއް ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު