އައިިޑީ ކާޑު ޔުނިޓް
އައިިޑީ ކާޑު ޔުނިޓް
އާއްމުކޮށް ދިވެހިން ގޮސްއުޅޭ ބައެއް ގައުމުތަކުން އައިޑީ ކާޑު ހަދައިދޭން ފަށަން ނިންމައިފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އައިޑީ ކާޑު ޕްރިންޓް ކުރެވޭނެ ގޮތް ހަދަަމުންދާއިރު އާއްމުކޮށް ދިވެހިން ގޮސްއުޅޭ ބައެއް ގައުމުތަކުގައިވެސް އެ ހިދުމަތް ފެށުމަށް ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަނުން މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

އެގޮތުން މެލޭޝިއާއާއި، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި އެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ބުންޏެވެ.

ފަނަރަ ރަށެއްގައި އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް މިހާރުވެސް ދަނީ ދެމުންނެވެ.

މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ހިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން