މާލޭގެ މަގެއްގައި އުޅަނދު ދުއްވަނީ، ފޮޓޯ: ސޭއިމީޑިއާ
މާލޭގެ މަގެއްގައި އުޅަނދު ދުއްވަނީ، ފޮޓޯ: ސޭއިމީޑިއާ
އުމުރުން 60 އަހަރު ވުމުން ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވޭ ގޮތަށް އެއްގަމު އުޅަނދުފަހަރުގެ ލައިސަަންސް ދޫކުރުމާ ބެހޭ ގަވައިދަށް ޓްރާންސްޕޯޓު މިނިސްޓްރީން އިސްލާހެއް ގެނެސްފިއެވެ.

މިނިސްޓްރީން މިއަދު ގެޒެޓްކުރި އިސްލާހުގައި ބުނެފައިވަނީ ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ލައިސަންސެއް 60 އަހަރުވުމުން ދޫކުރެވޭނެ ކަމަށެވެ. މީގެ ކުރިން އޮތް ގަވާއިދުގައި 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސެއް ނަގަންޖެހޭ މާއްދާއެއް ނޯވެއެވެ.

މި ގަވާއިދަށް ގެނެވުނު އިސްލާހުގައި ބުނެފައިވަނީ ދޮށީ އުމުރުގެ މީހުންނަށް ލައިސަންސު ދޫކުރާނީ އެކަމަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމަށެވެ. އަދި މި ލައިސަންސްގެ ދަށުން ދުއްވުމުގެ ހުއްދަ ދެވޭނީ ހަމައެކަނި 60 ސީސީއިން ދަށުގެ މޮޓޯސައިކަލާއި އޮޓޯ ސައިކަލާއި ރަށުޕިކަޕް ފަދަ އުޅަނދުތައް ކަމަށް އެ އިސްލާހުގައި ވެއެވެ.

މި ލައިސަންސުގެ ދަށުން އުޅަނދު ދުއްވޭނީ ލައިސަންސް ދޫކުރި އިދާރާ ހުންނަ ރަށެއްގައި އެކަނި ކަމަށްވެސް އިސްލާހުގައި ފާހަގަ ކޮށްފައިވެއެވެ. އަދި ގަޑިއަކު 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި އެ ލައިސަންސު އޮންނަ ފަރާތްތަކަށް ދުއްވުން މަނާ ވާނެ ކަމަށްވެސް އިސްލާހުގައި ވެއެވެ.

މީގެ އިތުރުން މި ލައިސެންސުގެ ދަށުން އުޅަނދު ދުއްވާ މީހާ އެއް ފަހަރަށްވުރެ ގިނަ ފަހަރު ޓްރެފިކް ގަވާއިދުތަކާ ހިލާފުވެއްޖެ ނަމަ، އެމީހަކަށް ދޫކޮށްފައިވާ ލައިސަންސް ބާޠިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ ލައިސަންސް ދޫކުރި އިދާރާއަށް ލިބިދޭ ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން