ކުރިޔަށް އޮތް ދެހަފްތާ ތެރޭގައި ޣައްޒާގެ ފީލްޑް ހޮސްޕިޓަލްތަކުގެ ސާމާނު ހުސްވާނެ ކަމުގެ އިންޒާރު ރެޑްކްރޮސްގެ ރައީސް މިރްޖާނާ ސްޕޮލްޖާރިކް ދެއްވައިފިއެވެ.
ޖެނީވާގައި ހުންނަ ރެޑްކްރޮސް އިންޓަނޭޝަނަލް ކޮމިޓީގެ މައި އޮފީހުގައި ބޭރުގެ މީޑިޔާ، ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ސްޕޮލްޖާރިކް ވަނީ ޣައްޒާގެ އިންސާނީ ހާލަތަކީ "ދުނިޔޭގައި ނަރަކައެއް" ކަމަށް ސިފަކުރައްވާފައެވެ.
"އަހަރެމެން މިހާރު މިތިބީ ދުނިޔޭގައި ނަރަކައެއްގެ ގޮތުގައި ސިފަކުރަން ޖެހޭ ހާލަތެއްގައި ... ގިނަ ތަންތަނުގައި މީހުންނަށް ފެނާއި ކަރަންޓާއި ކާނާ ނުލިބޭ" ސްޕޮލްޖާރިކް ވިދާޅުވިއެވެ.
ރެޑްކްރޮސްގެ ވެރިޔާ ސްޕޮލްޖާރިކް ވިދާޅުވީ ސިއްހީ ދާއިރާގައި ބޭނުންކުރަމުންދާ ސަޕްލައިތައް މިހާރު ވަރަށް ބޮޑަށް ދަށްވަމުން އަންނަ ކަމަށެވެ.
"ހަ ހަފްތާ ވަންދެން އެއްވެސް އެއްޗެއް ނުވަދެ، އެހެންވީމަ އަޅުގަނޑުމެންނަށް، ދެތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ހޮސްޕިޓަލް ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނު ހުސްވާނެ،" އޭނާ ވިދާޅުވި އެވެ.
ހަނގުރާމަ ހުއްޓާލުމުގެ މަރުހަލާގައި މަޝްވަރާތައް ކުރަމުން ދަނިކޮށް އިސްރާއީލުން ވަނީ ހަނގުރާމަ އަލުން ފަށާފައެވެ. އަދި މާރިޗް މަހުގެ ދެވަނަ ދުވަހު އިސްރާއީލުން ވަނީ ފަލަސްތީނަށް އެތެރެކުރާ އެހީގެ ޓްރަކްތައް ހުއްޓުވި އިންސާނީ އެހީތައް މުޅިންހެން ހުއްޓުވާފަ އެވެ.
އެމެރިކާގެ މަދަދާއެކު ނިރުބަވެރިއިސްރާއީލުން އަސްކަރީ ހަމަލާތައް އަލުން ފެށީ މާރިޗް މަހުގެ 18 ވަނަ ދުވަހު އެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓްރީން ބުނާގޮތުގައި މި ހަނގުރާމަ ހުއްޓިފައި އޮތް 42 ދުވަހުގެ ތެރޭގައި ޣައްޒާއަށް 25،000 އެހީ ޓްރަކް ވަދެފައިވެއެވެ. އަދި މި އެހީތައް ބޭނުންކުރީ ހަމާސްއިން ހަނގުރާމަ އިތުރަށް ވަރުގަދަ ކުރުމަށް ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ. ނަމަވެސް ފަލަސްތީނުގެ ދިފާއުގައި ޖިހާދުކުރަމުންދާ ހަމާސް އިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު