ޣައްޒާގައި ހުރި ހަމައެކަނި ހުރިހާ ހިދުމަތެއް ލިބޭ ހޮސްޕިޓަލަށްވެސް ނިރުބަވެރި އިސްރާއީލުން ބޮންއަޅައި ހޮސްޕިޓަލުގެ ބައެއް ހަލާކުކޮށްލައިފި އެވެ.
އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި މިފަހަރު ހަލާކުކޮށްލާފައި ވަނީ ޣައްޒާ ސިޓީގައި އެންމެ ފަހުން ފުރިހަމައަށް މަސައްކަތްކުރާ ހޮސްޕިޓަލް ކަމަށްވާ އަލް އަހްލީ އަރަބި ހޮސްޕިޓަލްގެ ބައެކެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި މި ހަމަލާގައި އެ ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ އަދި ސާޖަރީ ޑިޕާޓްމަންޓު ވަނީ ހަލާކުވެފަ އެވެ.
މީސްމީޑިޔާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ދެބުރީގެ މި އިމާރާތަށް މިސައިލްތައް އެރުމުން ބޮޑު އަލިފާންގަނޑެއް ރޯވެ ވަރަށް ގަދައަށް އަނދައިގެންދާ މަންޒަރު ފެނެއެވެ. އަދި ހަމަލާ ދިނުމާއެކު ހޮސްޕިޓަލް އެލާޓަށް ގެނެސް އެވަގުތު ސަލާމަތް ކުރެވެން ތިބި އެންމެން ހޮސްޕިޓަލުން ބޭރު ކުރުމުގެ މަސައްކަތް ފެށިކަމަށް މަންޒަރު ދުށް ފަރާތްތަކާ ހަވާލަދީ ބޭރުގެ މީޑިޔާތަކުން ބުނެއެވެ.
އިސްރާއީލް ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނީ އެ ހޮސްޕިޓަލަށް މި ހަމަލާ އަމާޒުކޮށްފައި ވަނީ އެ ހޮސްޕިޓަލުގައި "ހަމާސް އިން ބޭނުންކުރާ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއް" ހުރުމުން ކަމަށެވެ.
މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ޣައްޒާގެ ސިވިލް އިމަޖެންސީ ސާވިސްއިން ބުނެއެވެ.
ޣައްޒާގެ ދިފާއުގައި ހަނގުރާމަކުރަމުންދާ ހަމާސްގެ ބާރު އޮންނަ އެގައުމުގެ ހެލްތު މިނިސްޓްރީން ބުނީ އަލް އަހުލީ އަރަބް ހޮސްޕިޓަލުގެ އިމާރާތް "މުޅިން ހަލާކުވެފައިވާ" ކަމަށެވެ. އަދި އޭގެ ސަބަބުން ބަލި މީހުންނާއި ހޮސްޕިޓަލުގެ މުވައްޒަފުން މިހާރު ވަންނާނެ ތަނެއްވެސް ނެތް ކަމަށެވެ.
މީގެ ކުރިންވެސް އިސްރާއީލުން ވަނީ ޣައްޒާގެ އެކި ހޮސްޕިޓަލްތަކަށް މިފަދަ ހަމަލާތައްދީ އެތަންތަން ބޭނުންނުކުރެވޭ ވަރަށް ސުންނާފަތި ކޮށްފައެވެ. އަދި ކޮންމެ ފަހަރަކުވެސް އިސްރާއީލުން ބުނަމުންދަނީ މިފަދަ ހަމަލާތަކަކީ ހަމާސްއާ ދެކޮޅަށް ދޭ ހަމަލާތައް ކަމަށެވެ. ނަމަވެސް މި ހަމަލާތަކުގައި މަރުވާ މީހުންނަކީ ހޮސްޕިޓަލްތަކަށް ފަރުވާ ހޯދުމަށް ގޮސް ތިބޭ މީހުންނާއި ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްފައި ތިބޭ މީހުންކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު