މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ހެލްތު އިންޝުއަރެންސް ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އެކަމަށް ބީލަން ހުށަހެޅުމުގެ ފުުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލައިފައިވާ އިރު ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާންގައި ބުނީ އެ މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީބީ) އުސޫލުން ކަމަށެވެ. އަދި އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެ ކަަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

މަޖިލިސް މެމްބަރުންނާއި އާއިލާތަކަށް ހާއްސަ އިންޝުއަރެންސް ކަވަރޭޖެއް ދެމުންދާ އިރު އެ ސްކީމްގެ ހަރަދު ބޮޑުކަމުން އެ ސްކީމްގެ ބަދަލުގައި އާދައިގެ ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ ސްކީމުން އިންޝުއަރެންސް ފޯރުކޮށްދިނުމަށް ވެސް އެކި ފަރާތްތަކުން ދަނީ ގޮވާލަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން