އިސްރާއީލް ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލާގައި ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުޙައްމަދު އައްބާސް އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުން ފާސްކުރި އިސްރާއީލްގެ ޕާސްޕޯޓު މަނާކުރާ ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ، މަޖިލީހަށް އެ މައްސަލަ ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަޙްމަދު ނަސީމަކީ މަޖިލީހަށް ވަރަށް މަދުން ވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި މިއަދު ވެސް އިސްރާއީލް ޕާސްޕޯޓުގެ ވާހަކަ ދައްކަވާފައި ވަޑައިގެންނެވީކަމަށެވެ.
އަދި އެފަދަ ބޭފުޅަކު، ހުށަހެޅުއްވި މައްސަލައެއް އެމްޑީޕީގެ ސުޕަރމެޖޯރިޓީއެއް އޮވެ ފާސް ނުކުރެވި އޮއްވާ ޕީއެންސީއާއި އެމްޑީއޭގެ ކޯލިޝަންގެ ސަރުކާރަކުން ފާސްކުރީމަ އެކަން ހަޖަމު ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު އަދި ބާރެއް ލިބޭ ކޮންމެ ފަހަރަކު ރާއްޖޭގެ އިގުތިސާދުގެ މައިނާރު، ފަތުރުވެރިކަން ފުނޑާލުމަށް ވާހަކަ ދައްކާ ބައެއްކަމަށެވެ. އެހެންކަމުން އެފަދަ ބަޔަކަށް ޕީއެންސީގެ މެޖޯރިޓީއޮތް މަޖިލީހަކުން މިފަދަ ބޮޑު ނިންމުމެއް ނިންމުމުން އެކަން ހަޖަމު ނުވާނެކަމަށް އައްބާސް ވިދާޅުވިއެވެ.
އިސްރާއީލް ޕާސްޕޯޓު މަނާކުރުމުގެ ބިލު މަޖިލީހަށް ހުށަހެޅި ކޮމެޓި މަރުހަލާގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު މިއަދު ވަނީ ތަޅުމަށް ގެނެސް އެ ބިލް ފާސްކޮށްފައެވެ. ބިލް ފާސްކުރިއިރު، ޑުއަލްޕާސްޕޯޓު ގެންގުޅޭ އިސްރާއީލްގެ މީހުންނަށް ރާއްޖެ އާދެވޭގޮތަށް އޮތުމުން އެކަމަށް އެމްޑީޕީން ދަނީ ފާޑުކިޔަމުންނެވެ.
ނަމަވެސް، ސަރުކާރަށް ނިސްބަތްވާ މެންބަރުން ބުނަމުންދަނީ، ގާނޫނުތައް ހުރިގޮތުން އެކަން ކުރެވެން އޮތީ އެގޮތަށް ކަމަށާއި، ނަމަވެސް، އެމްޑީޕީއަށް އެކަން ވެސް ކުރަން އޭރު ނުކެރުނު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު