ސިނަމާލެ ބްރިޖު
ސިނަމާލެ ބްރިޖު
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ހައިވޭ ކައިރިން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މިރޭ ބުނީ، ސީޕްލޭން ޓާމިނަލް ސަރަހައްދުން ނުކުތް ވޭނަކާއި ހައިވޭއިން ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށެވެ. މި އެކްސިޑެންޓު ހިނގީ މިއަދު ހަވީރު 5:53 ހާއިރުއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި މީހާއަށާއި ސައިކަލުގައި އިން 6 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާވެފައިވާކަމަށެވެ.

އެގޮތުން ކުޑަކުއްޖާއަށް ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން ދާކަމަށާއި ސައިކަލު ދުއްވަން އިން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން