ށ. އަތޮޅުގައި އައިޑީކާޑު ހެދުމުގެ ޚިދުމަތް ފަށައިފިއެވެ.
މިކަމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ބުނީ އައިޑީކާޑު ޗާޕުކުރުމުގެ ޚިދުމަތް ށ. އަތޮޅު ކައުންސިލުން ފުޅާކޮށްފައިވާކަމަށެވެ. އެގޮތުން މިހާރު ށ. އަތޮޅުގެ ހުރިހާ ރަށެއްގެ އައިޑީކާޑު ޗާޕުކުރުމާއި އެހެނިހެން ހިދުމަތްތައް ކައުސިލުން ދެމުން އަންނަ ކަމަށް އެ އިދާރާއިން ބުންޏެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.
ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މައުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް ފުރަތަމަ ފަށާފައި ވަނީ 1984 ވަނަ އަހަރުއެވެ. އޭރު އެ ހިދުމަތް ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އަދި އޭގެ ފަހުން އެ އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އަށް ބަދަލުކުރީ 11 ނޮވެމްބަރު އެއީ 1993 ގައެވެ.
މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ވަނީ ގާއިމު ކޮށްފައެވެ. އަދި ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގައެވެ. ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލެއް ގާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަމަޖެހުނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު