އަވައްޓެރި އިންޑިޔާއިން އުފެއްދި މަޝްހޫރު އެޕަލް ކުންފުނީގެ އައިފޯނުގެ އަގު 22 ބިލިއަން ޑޮލަރަށް އަރައިފިއެވެ.

މީގެ ކުރިން އެޕަލް ކުންފުނީގެ ފޯނުތައް އުފެއްދުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރަމުން އައީ ޗައިނާއިންނެވެ. ނަމަވެސް އެޕަލް ކުންފުނިން ފޯނު އުފެއްދުން ޗައިނާއިން ދުރަށް ގެންގޮސް މިހާރު ވަނީ މި މަސައްކަތް ވިއެޓްނާމާއި އިންޑިއާގައި ގާއިމުކޮށް، އުފެއްދުންތައް އިތުރު ކުރަން ފަށާފައެވެ.

ނިމިދިޔަ މާލީ އަހަރުގެ ތަފާސްހިސާބު ދައްކާގޮތުން އެޕަލް އިން ވަނީ އިންޑިއާގައި 22 ބިލިއަން ޑޮލަރުގެ އައިފޯނު އުފައްދާފައެވެ. މަޑުމަޑުން ޗައިނާއާއި ދުރުވަމުން ގޮސް އިންޑިއާގައި ފޯނު އުފެއްދުން އިތުރު ކުރުމުން މިހާރު އިންޑިއާގައި އައިފޯނު އުފެއްދުން ވަނީ، 60 އިންސައްތައަށް އިތުރު ވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން ދުނިޔޭގެ ސަޕްލައި ޗެއިންއަށް ބޭނުންވާ އައިފޯނުގެ 20 އިންސައްތަ މިހާރު އުފައްދަނީ އިންޑިއާގައެވެ. އިންޑިއާގައި އައިފޯނު އުފައްދަނީ، ފޮކްސްކޮން އަދި ޓާޓާ ގްރޫޕުގެ ފެކްޓްރީތަކުގައެވެ.

އަވައްޓެރި އިންޑިއާގައި އުފައްދަފައިވާ 17.4 ބިލިއަން ޑޮލަރުގެ އައިފޯނު އެޕަލް ކުންފުނިން ވަނީ އެކްސްޕޯޓްވެސްކޮށްފައެވެ. މިއީ ރައީސް ޓްރަމްޕް ގައުމުތަކާ ދެކޮޅަށް އެޅުމަށް ނިންމެވި، ޓެރިފްތައް އިޢުލާނު ކުރެއްވުމާ ގުޅިގެން އެމެރިކާގައި ފޯނަށް ޑިމާންޑް އިތުރުވުމުގެ ސަބަބުން އެކްސްޕޯޓު ކުރަން ޖެހުނު ފޯނުތައްކަން ފާހަގަ ކުރެވެއެވެ.

ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ޓްރަމްޕްގެ ޓެރިފްތަކުން ސްމާޓްފޯނުތައް މިހާރު ވަނީ އިސްތިސްނާވެސް ކޮށްފައެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތަކުން އެޕަލްއަށް ބޮޑު ފައިދާއެއް ވަނީ ވެފައެވެ. އޭގެ އިތުރުން، ޗައިނާގެ އުފެއްދުންތަކަށް ޑިއުޓީ ބޮޑު ކުރުމުން އިންޑިއާއަށް ވެސް އެކަމުގެ ފައިދާ ދައްކާފައި ވެއެވެ. އިންޑިއާގެ އުފެއްދުންތެރިކަމުގައި ހުރިހާ ވައްތަރެއްގެ އައިފޯނު މޮޑެލްތަކެއް ހިމެނިފައި ވުމަކީ އެޕަލްއަށް ލިބިގެންދާ އިތުރު ބާރެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން