މަކުނުދޫ
މަކުނުދޫ
ހދ. މަކުނުދޫގައި ތުއްތު ކުއްޖަކު ފިހިއްޖެ އެވެ.

މަކުނުދު ކައުންސިލްގެ އޮފިޝަލަކު "ރަސް" އަށް އެކަން ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

އިއްޔެ ހިނގި އެ ހާދިސާ ހިނގީ ހޫނު ފެން ޖަގެއް އެކުއްޖާގެ ގަޔަށް އެޅިގެން ނެވެ.

އެ ހާދިސާގައި ކުއްޖާ ވަރަށް ބޮޑަށް ފިހުނު އިރު މިހާރު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ އެވެ.

އައިޖީއެމްއެޗުގައި ކުއްޖާއަށް ފަރުވާ ދެމުންދާ އިރު ކުއްޖާގެ ހާލު ސާފެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗުގެ ބަހެއް ނުލިބުނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން