ފުވައްމުލައް
ފުވައްމުލައް
ފުވައްމުލަކުގައި ކޮންސްޓްރަކްޝަން ސައިޓެއްގައި ހުރި ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ފުވައްމުލަކުގައި ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތުގައި ހުރި މީހަކު ޚަބަރު ހުސްވެގެން ވެއްޓިގެން މިއަދު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިޙާދިސާގައި ނިޔާވެފައިވަނީ ފުވައްމުލަކުގައި ދިރިއުޅޭ ރ. އަލިފުށި، އަބަދަށްހިޔާގެ، އަބްދުﷲ ރިޝްދާން، 27 އެވެ.

“އެ މީހާގެ މޫނަށް އަނިޔާވެފައިވާކަން ފާހަގަކުރެވިފައިވޭ.” ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން