މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް އިއުލާނުކުރި ލިސްޓް މުރާޖަޢާކޮށް އަލުން ނެރުނު ލިސްޓަށް 8،602 ޝަކުވާ ހުށަހަޅާފައިވާ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެެއްގައި ބުނެފައިވަނީ 4000 ފުލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހު ހުޅުވާލައި އެ މުއްދަތު މިދިޔަ އަންގާރަ ދުވަހުގެ ރޭ 12:00 އަށް ހަމަވިއިރު 8،602 ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ. އެގޮތުން ގެދޮރުވެރިޔާގެ ޕޯޓަލް އިން 4،652 މީހުން ޝަކުވާ ހުށަހަޅާފައިވާކަމަށް އެމިނިސްޓްރީ އިން ބުނެއެވެ. އަދި އެއް ޝަކުވާއަށް ވުރެ ގިނަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވުމުން ޕޯޓަލް އިން ޖުމްލަ 5،236 ޝަކުވާ ހުށަހަޅައިފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. ހައުސިން މިނިސްޓްރީ އިން ބުނީ އޭގެ ތެރޭގައި ސައްހަކަން ކަށަވަރުކުރި 4،000 ފްލެޓު ލިބޭ ލިސްޓުގައި ހިމެނޭ 2،555 މީހުން ހިމެނޭ ކަމަށެވެ.

ހައުސިން މިނިސްޓްރީ އިން ބުނިގޮތުގައި އީމެއިލް މެދުވެރިކޮށް 2،840 ޝަކުވާ އަދި ސިޓީގެ ޒަރިއްޔާއިން 526 ޝަކުވާ ހުށައެޅިއެވެ. އެކަމަކު، އީމެއިލްގެ ޒަރިއްޔާއިން ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން މިނިސްޓްރީން ބަލާނީ، ލިސްޓުގައި ހިމެނޭ މީހުންނާ ގުޅިގެން ތިން ވަނަ ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާތައް ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން