ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު އެއްމާބަނޑު ދެބެން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއާއި ހުޅުމާލޭ ސްޕެޝަލް އެންފޯސްމަންޓް ޓީމް އަދި ފޭސް 1 އިންވެސްޓިގޭޝަން ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ މ. އަލިހަވާ / މާލެ ރާއިފް ޔޫސުފް (28އ.) އާއި ރާއިގް ޔޫސުފް (28އ.) އެވެ.
އެ ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރުމަށްފަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި، އެހެނިހެން ބައެއް ތަކެތި ފެނިފައިވެއެވެ. އޭގެ ތެރޭގައި ފްލޭވާ ފުޅިތަކަކާއި، ވީޑް ގްރައިންޑަރަކާއި، ވޭޕްތަކާއި، ކަޓަރެއް އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި ރަބަރު ޕެކެޓްތައް ހިމެނޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު