އައިޖީޢެމްއެޗް
އައިޖީޢެމްއެޗް
މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު މިއަދު ހެނދުނު 07:33 ކަންހާއިރު ރިޕޯޓްކުރި ކަމަށެވެ.

އަދި އެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު އެމީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ވެއްޓިފައި އޮތީ 21 އަހަރުގެ އަންހެނެއް ކަަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން