ވަރު-ބައި އެޓްމޮސްފިއަރ އިން ފެނުނު ކިނބޫ އެމްއެންޑީފުން ހިފައިފިއެވެ.
އެ ރިސޯޓުގެ ތޮށި މަތީގައި މިއަދު ކިނބޫ އޮތް މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
ބެލެވޭ ގޮތުގައި އެ ކިނބުލުގައި ފަސް ފޫޓު ވަރު ހުންނާނެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، ރިސޯޓު ފަޅުތެރެއިން ފެނުނު ކިނބޫ މިއަދު މެންދުރުފަހު ހިފާފައިވާ ކަމަށާއި މި ވަގުތު ކިނބޫ އޮތީ އެމްއެންޑީއެފުގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ކިނބޫއަކީ ރާއްޖޭގައި އުޅޭ ޖަނަވާރެއް ނޫންނަމަވެސް އެކި ދުވަސްވަރު ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުތަކުން ކިނބޫ ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު