ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަތަށް މައިކެއް ލިބުމުން "ހޭބުއްދިފިލާ ދުނިޔެ ރަންވަނީ" ކަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ހޫނު ރައްދެއް ދެއްވައިފިއެވެ.
މިނިސްޓަރު ޝިޔާމް ޑރ. ޖަމީލަށް ފާޑުވިދާޅުވީ އިދިކޮޅު ޕީއެންއެފްގެ ޖަލްސާއެއްގައި ޑރ. ޖަމީލް ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުންނެވެ. ޑރ. ޖަމީލް ރޭ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް އެމަނިކުފާނަށް ސުވަރުގެ ހަރާމްކުރައްވާފައިކަމަށް ވިދާޅުވެ ކުފުރުގެ ވާހަކަތަކެއް ދައްކަވާފައެވެ.
ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ވެރިކަމަކީ ހެޔޮ ނިޔަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މާތްﷲ ދެއްވާ ނިޢުމަތެއް ކަމަށެވެ. އަދި ހެޔޮ ޢަމަލުތަކުގައި ދެމިތިބޭ މީހުންނަށް ސުވަރުގެ ދެއްވަނީވެސް އެކަލާނގެކަން އަޅުގަނޑުމެން ޤަބޫލުކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޝިޔާމް ވަނީ 2023 ވަނަ އަހަރު ރައްޔިތުން އިންތިޚާބުކުރެއްވި ރައީސުލްޖުމްހޫރިއްޔާއަކީ ޑރ. މުޙައްމަދު މުޢިއްޒު ކަން ހަނދާންކުރުމަށް ޑރ. ޖަމީލަށް ގޮވާލައްވާފައެވެ.
”ކަންމަތިން މައިކެއް އަތުޖެހުނަސް ތިމާގެ ހޭބުއްދިފިލާ ދުނިޔެރަންވެފަ މިތިބެނީ. ފިއްތާލައްވާފަވިޔަސް ކޮންމެރެޔަކު އަވަހާރަފުޅު ލައްޕަވާއިރު 2023 ގައި ރައްޔިތުން އިންތިޚާބުކުރެއްވި ވެރިޔަކީ ޑރ. މުޢިއްޒޭ ހިތްޕުޅަށް ގެންނެވީމަ ބޮޑުތަނުން ރަނގަޅުވާނެ،" ޝިޔާމް ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ ވެރިކަމަކީ ހެޔޮނިޔަތާއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާ އެއްޗެއް ކަމަށެވެ. އަދި އަޅުގަނޑުމެން އުނގެނި ޤަބޫލުކޮށްގެން ތިބީ ހެޔޮ ޢަމަލު ކުރުންމަތީ ދެމި ތިބޭ ބަޔަކަށް ސުވަރުގެ ދެއްވަނީވެސް އެކަލާނގެ ކަމަށް ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު