ދިވެހި ލޭންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން މިއަހަރުގެ ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަކުރާނެ ތިން ރަށެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ދިވެހި ލޭންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެކަމަށް ޝައުގުވެރިވާ ރަށްރަށުން މެއި 1 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އެދޭ ކަމަށެވެ. އެގޮތުން ރަށްރަށުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ބޮޑު އީދު ފާހަގަކުރާނެ ރަށްތައް ކަނޑައަޅާނީ "ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި އަމަލުކުރާނެގޮތުގެ އުސޫލު" އާ އެއްގޮތަށް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. މިގޮތުން ހުށަހަޅާ ޕްރޮޕޯސަލްތައް އީމެއިލް ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮންމެއަހަރަކުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރުމަށް ސަރުކާރުން އެކި ހަރާކަތްތައް ހިންގައެވެ. އެގޮތުން މިއަހަރު ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ތިން ރަށެއްގައި ކަމަށް ދިވެހިބަހާ ސަގާފަތާ ތަރިކައާ ބެހޭ މިނިސްޓްރީގެ ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން