އިތުރުގަޑީގެ ފައިސާ ނުދޭތީ ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިފަހުން އިސްލާހުކުރި ދައުލަތުގެ ޕޭ ފްރޭމްވޯކް މިންގަނޑުތަކަށް އަމަލުކުރަން ފެށި ފަހުން ވެސް، މިނިސްޓްރީ އޮފް ހެލްތާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި މަސައްކަތްކުރާ ސިއްހީ މުވައްޒަފުންނަށް، އިތުރު ގަޑީގެ ފައިސާ ހަމައަށް ލިބެމުން ނުދާ ކަމަށެވެ.
އެގޮތުން ޕޭ ފްރޭމްވޯރކަށް ގެނައި 7 ވަނަ އިސްލާހު، ކަމާގުޅޭ މުއައްސަސާތަކުން މާނަކުރަމުންދާ ގޮތުގެ ސަބަބުން ރަސްމީ ބަންދު ދުވަސްތަކާއި އެހެނިހެން ދުވަސްތަކުގައިވެސް ރަސްމީ ގަޑީގެ އިތުރުން ސިއްހީ މަސައްކަތްތެރިން ލައްވައި ކުރުވާ މަސައްކަތްތަކަށް ލިބެން ޖެހޭ ހަމަ އުޖޫރަ ލިބެމުން ނުދާކަން ހެލްތް ޕްރޮފެޝަނަލް ޔޫނިއަނުން ފާހަގަ ކޮށްފައިވެއެވެ.
އެ ޔޫނިއަނުން ބުނީ ހުކުރު ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ހުކުރު ދުވަހާއި ރަސްމީ ބަންދު ދުވަސްތަކާއި ރައީސް އޮފީހުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކަކީވެސް އާންމުކޮށް ސިއްހީ ހިދުމަތްތެރިން މަސައްކަތްކުރަން ޖެހޭ ދުވަސްތަކަކަށް ވާތީ، އެ ދުވަސްތަކުގައި އިތުރުގަޑި އާއި ބަންދު ދުވަހުގެ އެލަވަންސް ދިނުމުގައި ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށް އެ ޔޫނިއަނުން ވަނީ ގޮވާލައިފައެވެ.
ހަމައެއާއެކު ސިއްހީ ހިދުމަތްތެރިން ލައްވާ މަޖުބޫރުން މަސައްކަތް ކުރުވުުން ހުއްޓާލާ ދައުލަތުގެ ޕޭ ފްރޭމްވޯކްގައި އިތުރުގަޑީގެ ފައިސާ ދިނުމުގައި މިހާރު ކަނޑައަޅާފައިވާ 10 އިންސައްތައިގެ ކެޕް އުވާލުމަށް އެ ޔޫނިއަނުން ގޮވާލާފައިވެއެވެ.
އޭގެއިތުރުން، ހުރިހާ ސިއްހީ ހިދުމަތްތެރިންނަށް އިތުުރުގަޑީގައި މަސައްކަތް ކުރުވާ ހުރިހާ ވަގުތަކަށް އިތުުރުގަޑީގެ ފައިސާ ވީ އެންމެ އަވަހަކަށް ދޭން ފެށުމުގެ އިތުރުން މޭ 1 ވަނަ ދުވަހުން ފެށިގެން ހިނގާދިޔަ މުއްދަތުގައި ސިއްހީ މަސައްކަތްތެރިން ލައްވާ އިތުރުގަޑީގެ ފައިސާ ނުދީ މަޖުބޫރުން ކުރުވާފައިވާ މަސައްކަތަށް ދޭންޖެހެ ފައިސާ ހަމައަށް ދިނުމަށްވެސް އެ ޔޫނިއަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މިނިސްޓްރީ އޮފް ހެލްތާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ޞިއްޙީ މަސައްކަތްތެރިން ލައްވާ ރަސްމީ މަސައްކަތު ގަޑީގެ އިތުރަށް ކުރުވާ މަސައްކަތަށް އިތުރުގަޑީގެ ފައިސާ ހަމައަށް ނުދޭ މައްސަލައިގެ ކަންބޮޑުވުން ތަކުރާރުކުރުން#StopWageTheft #PayOvertime @MoHmv @MoosaZameer… pic.twitter.com/vfNb4Zsyc7
— Maldives Health Professionals Union (MHPU) (@MaldivesHPU) April 19, 2025
ހަމައެއާއެކު ސިއްހީ ހިދުމަތްތެރިން ލައްވާ މަޖުބޫރުން މަސައްކަތް ކުރުވުުން ހުއްޓާލާ ދައުލަތުގެ ޕޭ ފްރޭމްވޯކްގައި އިތުރުގަޑީގެ ފައިސާ ދިނުމުގައި މިހާރު ކަނޑައަޅާފައިވާ 10 އިންސައްތައިގެ ކެޕް އުވާލުމަށް އެ ޔޫނިއަނުން ގޮވާލާފައިވެއެވެ.
އޭގެއިތުރުން، ހުރިހާ ސިއްހީ ހިދުމަތްތެރިންނަށް އިތުުރުގަޑީގައި މަސައްކަތް ކުރުވާ ހުރިހާ ވަގުތަކަށް އިތުުރުގަޑީގެ ފައިސާ ވީ އެންމެ އަވަހަކަށް ދޭން ފެށުމުގެ އިތުރުން މޭ 1 ވަނަ ދުވަހުން ފެށިގެން ހިނގާދިޔަ މުއްދަތުގައި ސިއްހީ މަސައްކަތްތެރިން ލައްވާ އިތުރުގަޑީގެ ފައިސާ ނުދީ މަޖުބޫރުން ކުރުވާފައިވާ މަސައްކަތަށް ދޭންޖެހެ ފައިސާ ހަމައަށް ދިނުމަށްވެސް އެ ޔޫނިއަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު