ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ މަރުކަޒަކުން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށް މިރޭ އަރުވައިފިއެވެ.
ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވާފައިވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން މިރޭ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ. އެ ޝަރަފު އެމަނިކުފާނަށް އެރުއްވީ އެ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
އިސްމާއިލް މުހައްމަދަށް މި ޝަރަފު އަރުވާފައިވަނީ ރާއްޖޭގައި އިސްލާމީ އިލްމު ފެތުރުއްވުމަށް 50 އަށް ވުރެ ގިނަ އަހަރު ވަންދެން ކުރައްވާފައިވާ ބުރަ މަސައްކަތްޕުޅުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
ޝައިހު އިސްމާއިލް މުހައްމަދު ވަނީ މަދީނާ ޔުނިވާސިޓީން ޑިގްރީ ހާސިލްކުރައްވާފަ އެވެ. އިސްމާއިލް މުހައްމަދަކީ އެ ޔުނިވާސިޓީން ޑިގްރީ ހާސިލްކުރެއްވި ފުރަތަމަ ދަރިވަރު ކަން ވެސް ފާހަގަކުރެވެެއެވެ. އޭގެ ކުރިން އިންޑިއާގެ ޔުނިވާސީޓީއެއްގައި ވެސް 7 އަހަރު ވަންދެން އިސްލާމީ ތައުލީމް ހާސިލްކުރެއްވި އެވެ.
މަތީ ތައުލީމަށް ފަހު ރާއްޖެ ވަޑައިގެން، މުޖުތަމައުއަށް އަރަބި ބަހާ އިސްލާމް ދީން އުނގަންނައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ޝައިހު ވަނީ ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު