އިސްލާމީ ޔުނިވަރސިޓީގެ ކުރިމަގު ހެޔޮ ގޮތުގައި ބައްޓަން ކުރުމަށް ސަރުކާރުން ވަރަށް އިސްކަންދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރޭ ބޭއްވި އިސްލާމީ ޔުނިވޔުނިވަރސިޓީގެ ދަސްވެނިވުމުގެ ހަފުލާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯގައި އިސްލާމީ ޔުނިވަރސިޓީއާ ގުޅޭ ގޮތުން ވަރަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާ ކަމަށެވެ. މީގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕަސްތައް ގާއިމުކުރުމާއި، މުއައްސަސާ އިތުރަށް ވަރުގަދަ ކުރުމަށް ކުރަންޖެހޭ އެހެނިހެން ކަންކަން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މި މުހިންމު މުއައްސަސާ ވަރުގަދަ ކުރުމަށް ޓަކައި ވަރަށް ގިނަ ކަންކަން ކުރާނަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އިހަކަށްދުވަހު ބިންގާ އެޅި، ސުކޫކު ވިއްކައިގެން އިސްލާމިކް މިނިސްޓްރީން ފަށާފައިވާ އިމާރާތަކީ ވެސް ސަރުކާރުގެ ސިޔާސަތު އެ ގޮތަށް ބައްޓަންކޮށްފައި އޮތުމުގެ ސަބަބުން މަގުފަހިވެގެން ދިޔަ ކަމެއް ކަމަށެވެ.
ރައީސް މުޢިއްޒު ވަނީ ހުޅުމާލެއިން އިސްލާމީ ޔުނިވަރސިޓީއަށް ބޮޑު ބިމެއް ހަމަޖައްސައިދީފައިވާ ކަމަށް ވެސް ހާމަކުރައްވާފައެވެ.
"އެ ތަނުގައި އިސްލާމީ ޔުނިވަރސިޓީގެ ކުރިމަގު ފުރިހަމަ ގޮތުގައި ބައްޓަންކޮށްދިނުމަކީ އަޅުގަނޑުގެ ޢަޒުމް. އެ ބިމުގެ ކަންތައްތައް އެ ވަނީ މިހާރު ހަމަޖެހިގެން ގޮސްފަ،" ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ އިސްލާމީ ޔުނިވަރސިޓީގެ ކުރިމަގަށް ޓަކައި ޖާގައިގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް އުފަލާއެކު ކޮށްދޭނެ ކަމަށް ވެސް ވިދާޅުވެފައެވެ. މި ހަފުލާގައި ރައީސް މުޢިއްޒު ވަނީ ކުރީގެ ސަރުކާރުތަކުން އިސްލާމީ ޔުނިވަރސިޓީގެ ކުރިއެރުމަށް ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު