ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ނުދާނެހެން، އެއްބުރުން ރައީސަކު ހޮވޭގޮތަށް ގާނޫނު އަސާސީ ބަދަލުކުރަން އުޅެނީ މި ސަރުކާރުން އިންތިހާބު ކާމިޔާބުކުރާނެ ފޯމިއުލާއެއް ހޯދަން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، ޤާނޫނުއަސާސީއަކީ ވަރަށް ގިނަ އެކްސްޕާޓުންގެ ބުރަ މަސައްކަތުން އެކުލަވާލެވިފައިވާ އެއްޗެއް ކަމަށާއި، އެފަދަ މުހިންމު ލިޔުމަކާ ކުޅެން އުޅުމަކީ އެއްވެސް ހާލެއްގައި ކުރަން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ޑިމޮކްރަސީއަށް ޓަކައި 100 މިލިއަން ރުފިޔާ ހޭދަކުރުމަކީ މާ ބޮޑު އަދަދެއް ނޫން ކަމަށްވެސް ޑރ. ޝަމްހީދު ވިދާޅުވިއެވެ.
"މިއަދު ވެސް ޓޭންކަރުތައް، ކޮންމެ ޓޭންކަރެއް އެއީ ހަތްސަތޭކަ، ހަތް ލައްކަ ޑޮލަރެއް. ގާތްގަނޑަކަށް ދިހަ މިލިއަން ރުފިޔާއެއްގެ ވާހަކަ މި ދައްކަނީ. އެހެންކަމަށް ވާނަމަ އެއީ އަޅުގަނޑުމެންނަށް ޑިމޮކްރަސީއަށް ޓަކައި ސަތޭކަ މިލިއަން ފައިސާގެ މައްސަލައެއް ނޫން،" އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާނެ ކަން އިއުލާން ކުރަށްވާފައިވާ ޑރ. ޝަމްހީދު ވިދާޅުވިއެވެ.
ޑރ. ޝަމްހީދު އިތުރަށް ވިދާޅުވީ، މިހާރުވެސް ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިންތިޚާބު ކާމިޔާބު ކުރުމަށް ފޯމިއުލާތަކެއް ހޯދުމަށް ކަމަށެވެ. އަދި ޤާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ގެނައުމަކީ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވައިލުމާމެދު ފެންނަ ނުފެން ވޯޓެއް ނެގުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަން ހާމަކުރަށްވާފައެވެ.
އެގޮތުން ރައީސް މުޢިއްޒު މީގެ ކުރިން ވިދާޅުވީ މަޖިލިސް އިންތިޚާބާއި، ރިޔާސީ އިންތިޚާބު އެކުއެކީ ބޭއްވުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަސައްކަތް ކުރައްވާކަމަށެވެ. ދެ އިންތިޚާބު އެކީ ބާއްވަން ހުށަހަޅުއްވާނެކަމަށް މިިދިޔަ އަހަރުގެ ޖުލައި ހަތަރުވަނަ ދުވަހު ރައީސް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީއަށް އެ އިސްލާހު ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި، ރައްޔިތުން އެ ގޮތަށް ނިންމައިފި ނަމަ ގާނޫނު އަސާސީއަށް އިސްލާހު ގެނެސް 2028 ގައި މި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެންމެފަހުން ބޭއްވި މަޖިލިސް އިންތިޚާބު ނިމުނުއިރު 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ ކަމަށާއި ރިޔާސީ އިންތިޚާބުގެ ދެ ބުރަށް 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވި ކަމަށެވެ.
"ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށްވާނީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުން މަޖިލީހުގެ އިންތިޚާބު އެކު އެކީގައި ބޭއްވުމުން." ރައީސް ވިދާޅުވިއެވެ.
އެ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެ ކަމަށް ރައީސް މުއިއްޒު އޭރު ވިދާޅުވިއެވެ.
ގާނޫނު އަސާސީގައި މިހާރު އޮންނަގޮތުން ރައީސް ކަމަށް ބޭފުޅަކު އިންތިހާބުވެވަޑައިގަންނަވަނީ ވޯޓު ދިން މީހުންގެ 50 އިންސައްތައަށްވުރެ އިތުރަށް 1 ވޯޓު ހޯއްދަވައިގެންނެވެެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިން މީހުންގެ މުތުލަގު މެޖޯރިޓީ އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ނުވާ ހާލަތުގައި، އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަންޖެހެއެވެެ. އާ ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއްގައި ރައީސް ކަމަށް ބޭފުޅަކު އިންތިހާބުވެފައިވަނީ އިންތިޚާބުގެ ދެވަަނަ ބުރުގައެވެެ.

ކިޔުންތެރިންގެ ހިޔާލު