ބ. ފެހެންދޫގައި މޫދުވިނަ އެކްސްޕޯޓު ކުރުމުގެ މަޝްރޫއެއް ފަށައިފިއެވެ.
”ފްލޯޓިން އޭކަރސް“ ކުންފުނިން އެ ރަށުގައި ފަށާ މި މަޝްެރޫއަކީ ރާއްޖޭގައި މިފަދަ މަސައްކަތެއް ފަށާ ފުރަތަމަ ފަހަރެވެ.
މި މަޝްރޫއު ފެށުމުގެ ގޮތުން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މަޝްރޫއު ފައްޓަވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ބުނީ މި މަޝްރޫއުގެ ދަށުން އެކްސްޕޯޓްކުރުމަށް އަމާޒުކޮށްފައިވަނީ ކާތަކެތި، ބޭސް އަދި ކޮސްމެޓިކްސް އުފެއްދުމަށް ބޭނުންކުރާ މޫދުވިނައިގެ ބާވަތް ކަމަށެވެ.
އެ ޒާތުގެ ވިނަ ގަތުމަށް އިންޑިއާގެ ކުންފުންޏަކުން މިހާރުވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މިނިސްޓްރީން ބުނެފައިވަނީ މި މަޝްރޫއުގެ ސަބަބުން ފެހެންދޫގެ 20 މީހުންނަށް މިހާރުވެސް ވަޒީފާގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނެފައިވަނީ މިފަދަ މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމުގައި މިނިސްޓްރީގެ އެހީތެރިކަން ލިބިގެންދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު