ޔޫރިކް އެސިޑަކީ އިންސާނުންގެ ހަށިގަނޑުގައި ގުދުރަތީ ގޮތުން އުފެދޭ ކެމިކަލެކެވެ. ހަށިގަނޑުގައި މި އެސިޑު މާ ގިނަ ވެއްޖެނަމަ ކިޑްނީގެ މައްސަލަތަކާއި، ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. ނަމަވެސް، ކެއުމުގެ އާދަތަކަށް ބަދަލު ގެނެސް، ވަކި ބާވަތްތަކެއްގެ މޭވާ ކެއުމުގައި ހިމެނުމުން ޔޫރިކް އެސިޑުގެ މިންވަރު ދައްކުރެވިދާނެއެވެ.
މިފަހަރު މި ހިމަނާލަނީ ޔޫރިކް އެސިޑު ދައްކުރުމުގައި އެހީވެދޭ ބައެއް މޭވާތަކެވެ.
ޗެރީ
ޗެރީއަކީ އޭގައި ގިނަ އަދަދަކަށް އެންތޮސައިނިން ނަމަކަށްކިޔާ ފްލެވޮނޮއިޑެއް އެކުލެވޭ އެއްޗެކެވެ. މި ފްލެވޮނޮއިޑުތަކަކީ އޭގައި އެންޓި-އިންފްލެމެޓަރީ އަދި އެންޓި-އޮކްސިޑެންޓް ޕްރޮޕަޓީތަކެއް ހިމެނޭ އެއްޗެކެވެ. މި ޕްރޮޕަޓީތަކުގެ ސަބަބުން ހަށިގަނޑުގައިޑުގައި އުފެދޭ ޔޫރިކް އެސިޑުގެ މިންވަރު ދަށްކޮށްދެއެވެ. މީގެ އިތުރުން ޗެރީގައި ގިނަ އަދަދަކަށް ވިޓަމިން ސީ ވެސް އެކުލެވެއެވެ. އެހެންވެ މި ކެއުމުން ކިޑްނީގައި ހުންނަ ޔޫރިކް އެސިޑު ބޭރުކުރުމަށް އެހީވެދެއެވެ.
ސްޓްރޯބެރީ
ސްޓްރޯބެރީއަކީވެސް އޭގައި ގިނަ އަދަދަކަށް އެންތޮސައިނިން އެކުލެވޭ އެއްޗެކެވެ. މީގެ އިތުރުން، ސްޓްރޯބެރީގައި ގިނަ އަދަދަކަށް ވިޓަމިން ސީ އާއި ފައިބަރ އެކުލެވެއެވެ. މި ނިއުޓްރިއެންޓްތަކުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ޔޫރިކް އެސިޑުގެ މިންވަރު ދަށްކޮށްދެއެވެ. އަދި ހަމައެހެންމެ، ސްޓްރޯބެރީގައި އެކުލެވޭ ފައިބަރގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުވެ، ޔޫރިކް އެސިޑު ހަށިގަނޑުން ބޭރުކުރުމަށް އެހީތެރިވެދެއެވެ.
ބްލޫބެރީ
ބްލޫބެރީއަކީ އޭގައި އެންތޮސައިނިންގެ އިތުރުން ގިނަ އަދަދަކަށް ޕްރޮއެންތޮސައިނިޑިންސް ނަމަކަށް ކިޔާ ފްލެވޮނޮއިޑެއްވެސް އެކުކެވޭ އެއްޗެކެވެ. މި ދެ ބާވަތުގެ ފްލެވަނޮއިޑްސްގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ޔޫރިކް އެސިޑުގެ މިންވަރު ދަށްކޮށްދެއެވެ. މީގެ އިތުރުން މީގައި އެކުލެވޭ ވިޓަމިން ސީ އާއި ފައިބަރ ގެ ސަބަބުންވެސް ހަށިގަނޑުގައި އުފެދޭ ޔޫރިކް އެސިޑުގެ މިންވަރު ދައްކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު