ފަަސްތީނުގެ އިމަޖެންސީ ޓީމަށް ހަމަލާދީ 15 މީހުން މަރާލެވުނީ އޮޅުމަކުން ކަމަށް ނިރުބަވެރި އިސްރާއީލުން ބުނެފިއެވެ.
އެ ހާދިސާއާ ގުޅިގެން އިސްރާއީލުގެ މިލިޓަރީން ވަނީ އެތެރޭގެ ތަހުގީގެއްވެސް ކޮށްފައެވެ. އެ ތަހުގީގަށްފަހު ނިރުބަވެރިން ބުނީ އެ ހާދިސާ ހިނގަން މެދުވެރިވެފައިވަނީ އޮޅުމަކުން ކަމަށާއި އެމީހުންގެ ސިފައިން އޯޑަރާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށެވެ.
މިހާދިސާއާއި ގުޅިގެން އިސްރާއީލުގެ މިލިޓަރީން ނެރުނު ބަޔާނެއްގައި ވަނީ ފިޔަވަޅެއްގެ ގޮތުން އެ ޔުނިޓުގެ ޑެޕިއުޓީ ކޮމާންޑަރު މަގާމުން ދުރުކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި އޭނާއަކީ އެ ހަމަލާ ދިނުމަށް ކޮމާންޑު ކުރި މީހާ ކަމަށްވެސް ނިރުބަވެރި ސިފައިންގެ ބަޔާނުގައިވެއެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ހިނގި އެ ހާދިސާގައި މަރުވެފައިވަނީ ފަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީއަށް ނިސްބަތްވާ ބައެއްގެ އިތުރުން އދ ގެ ޓީމެއް ކަމަށް އޮފިޝަލުން ބުނެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އިސްރާއީލުގެ ސިފައިން ހަމަލާ ދީފައިވަނީ އެމީހުންގެ ފަރާތުން ނުރައްކާ އޮތްކަމަށް ބެލެވިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު