ތިން މުވައްސަސާއެއް ގުޅިގެން ކުރިއަށް ގެންދާ ދުންފަތާ ގުޅޭ އިންސްޕެކްޝަން---
ތިން މުވައްސަސާއެއް ގުޅިގެން ކުރިއަށް ގެންދާ ދުންފަތާ ގުޅޭ އިންސްޕެކްޝަން---
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާއި ގަވައިދަށް އަމަލުކުރޭތޯ ބަލަން ތިން މުވައްސަސާއެއް ގުޅިގެން ބޮޑު އިންސްޕެކްޝަނެއް ފަށައިފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ އެ އިންސްޕެކްޝަން ކުރިއަށް ގެންދަނީ އެ މިނިސްޓްރީއާއި ފުލުހުން އަދި ކަސްޓަމްސް ގުޅިގެން ކަމަށެވެ.

އެގޮތުން އެ މުވައްސަސާތަކުގެ ބޭފުޅުުން ވަނީ ފިހާރަތަކަށް ގޮސް ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާއި ގަވައިދަށް އަމަލުކުރޭތޯ ބަލަން ފަށައިފަ އެވެ.

ދުންފަތުން ސަލާމަތް ވެފައިވާ ބަޔަކަށް ދިވެހި މުޖުތަމައު ހެދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު ސަރުކާރުން މިދިޔަ ޑިސެމްބަރު މަހު 15އިން ފެށިގެން އެޅި އެންމެ ވަރުގަދަ އެއް ފިޔަވަޅަކީ ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އެފަދަ ތަކެތި ވިއްކުމާއި އަދި ބޭނުން ކުރުން ވެސް މަނާކުރުމެވެ.

އަދި ވޭޕް ކުރާ މީހުންވެސް މިހާރު ދަނީ ޖޫރިމަނާ ކުރަމުން ނެވެ.

އެހެން ނަމަވެސް އަދިވެސް ފާޅުގައި ވޭޕްކުރާ މައްސަލަ ބޮޑުއިރު ގާނޫނާއި ގަވައިދުތައް ތަންފީޒުނުކުރާތީ ފާޑުކިއުން ސަރުކާރަށް އޮތީ އަމާޒުވެފަ އެވެ.

އޭގެ އިތުރުން ރާއްޖޭގައި ސިނގިރެޓް އުފައްދައިގެން އަގުހެޔޮކޮށް ވަގަށް ވިއްކާ މައްސަލަވެސް ވަނީ ބޮޑެފަވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން