ނިރުބަވެރި އިސްރާއީލް ސިފައިންގެ ހަމަލާތަކުގައި އިއްޔެ އެކަނިވެސް ޣައްޒާގެ 29 މީހަކު މަރުވެއްޖެއެވެ.

ނިރުބަވެރިންގެ ހަމަލާތަކަށް އެއްވެސް ލުޔެއް ނުދޭއިރު މިފަދަ ގިނަ ހަމަލާތައް އާންމުވަނީ އާންމު ރައްޔިތުންނާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ކަމަށް ރިޕޯޓްތައް ލިބެއެވެ. އަދި ފަހުގެ ހަމަލާތަލުގައި އާދަޔާ ހިލާފަށް އަންހެނުންނާއި ކުޑަކުދިން މަރުވަމުންދާ ކަމަށްވެސް ރިޕޯޓްތައް ލިބެއެވެ.

ޣައްޒާގެ އިތުރުން އިސްރާއީލުން ދަނީ ޔަމަނަށްވެސް ހަމަލާތައް ދެމުންނެވެ. އަދި މި ހަމަލާތަކަށް ޔަމަނުންވެސް ދަނީ ރައްދު ހަމަލާތައް އިސްރާއީލަށް އަމާޒުކުރަމުންނެވެ. މިކަމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޔަމަނުގެ ހޫތީންނަށް "ވަރުގަދަ ޖަވާބެއް" ދޭނެ ކަމަށް ވައުދުވެފަ އެވެ.

މީގެ 18 މަސް ކުރިން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 51،240 މީހުން މަރުވެ 116،931 މީހުން ޒަޚަމްވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ މި ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 61،700 އަށް ވުރެ މައްޗަށް އަޕްޑޭޓްކޮށްފައެވެ. އެގޮތުން އިމާރާތްތަކުގެ ދަށަށް ގެއްލިފައިވާ އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް މީޑިޔާ އޮފީހުން ބުނެ އެވެ.

ހަމާސް އިސްވެ އޮކްޓޯބަރު 7، 2023 ގައި ދިން ހަމަލާތަކުގައި އިސްރާއީލުގައި 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން