ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަން އީލަން މަސްކް އަވައްޓެރި އިންޑިޔާއަށް ވަޑައިގަންނަވަން ނިންމައިފިއެވެ.
މަޝްހޫރު މީސް މީޑިއާ ނެޓްވޯކް އެކްސްގެ އިތުރުން ސްޕޭކްސް އެކްސް އަދި ޓެސްލާ ކުންފުނީގެވެސް ވެރިޔާ މަސްކް، ބުނީ މިއަހަރުގެ ފަހުކޮޅު އަނެއްކާވެސް އިންޑިއާއަށް ދާނެ ކަމަށެވެ.
މަސްކް މިކަން އިއުލާންކުރުމުގެ އެއް ދުވަސްކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މަސްކްއާއެކު ޓެކްނޮލޮޖީގެ ބައެއް ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަސް ވިދާޅުވެފައެވެ. އެހެންކަމުން މި ދަތުރަކީ އެމަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ހަމަޖެހުނު ދަތުރެއްކަމަށް ބެލެވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން، އެމެރިކާގެ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އުފެއްދި ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝެންސީވެސް ހިންގަނީ މަސްކުކަން ފާހަގަ ކުރެވެއެވެ. ޓްރަމްޕް މަގާމާއި ހަވާލުވުމާއި ގުޅިގެން މޯދީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި މަސްކްއާއި ބައްދަލުކުރެއްވިއެވެ.
ދާދިފަހުން ޓްރަމްޕުގެ ސަރުކާރުން ބޮޑުކުރަން ނިންމި ޓެރިފްތަކާ އެކު އެމެރިކާއިން ދަނީ އިންޑިޔާއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު