ޤައުމީ ޚިދުމަތަށް ހުޅުވާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމަށް ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު އިޢުލާނުކުރެެއްވި ފަދައިން ނޭޝަނަލް ސަރވިސްގެ ޚިދުމަތަށް ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އަދި މި ޚިދުމަތުގެ ތެރެއިން މައިގަނޑު ގޮތެއްގައި ތަމްރީންވެގެން އަންނަ ޒުވާނުންނަށް ސިފައިންނާ ގުޅުމުގެ ފުރުޞަތު ދެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ސިޔާސަތުގެ ތެރެއިން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ދެވި، އަޚްލާޤު ރަނގަޅު، ޤައުމަށް ފައިދާހުރި ބަޔަކަށް އެ ޒުވާނުން ހެދުމާއެކު، ސިފައިންގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

"މި ދެންނެވި ވިސްނުމުގައި ސިޔާސަތުގެ ތެރެއިން އެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ދެވި އަޚުލާޤު ރަނގަޅު، ޤައުމަށް ފައިދާހުރި ބަޔަކަށް އެ ޒުވާނުން ހެދުމާ އެކުގައި ސިފައިންގެ ކެޕޭސިޓީ ވެސް އިތުރުކުރުމަށް ޓަކައި ކުރެވޭ މަސައްކަތް އިރާދަކުރެއްވިއްޔާ މިދެންނެވި ގޮތަށް އަޅުގަނޑުމެން މަސައްކަތްތައް ކުރިއަށް މި ގެންދަނީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން