މާލޭ ސަރަޙައްދުގައި އެކްސިޑެންޓްތައް އިތުރުވެފައިވާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން މާރޗްގެ ނިޔަލަށް މާލޭ ސަރަޙައްދުގައި އެކްސިޑެންޓްތައް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ޖެނުއަރީ މަހު 318 އެކްސިޑެންޓް ހިނގާފައިވާއިރު ފެބްރުއަރީ މަހު 399 އެކްސިޑެންޓް އަދި މާޗް މަހު 352 އެކްސިޑެންޓް ހިނގާފައިވެއެވެ.
އެހެންކަމުން މަގުތައް ބޭނުން ކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވެ ޒިންމާދާރުވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ޓްރެފިކް ގާނޫނުތަކަށް ބޯލަނބައި، ކޮންމެ މީހަކުވެސް އަނެކާގެ ރައްކާތެރިކަމަށް ސަމާލުކަންދީގެން އުޅަނދުތައް ދުއްވުމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.
ހަމައެއާއެކު، މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް ޢާއްމުންގެ އެއްބާރުލުން ދިނުމަށް ފުލުހުން އެދިފައިވެއެވެ.
ފުލުހުން ޢާއްމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާޗް މަހުގެ ނިޔަލަށް މާލޭ ސަރަޙައްދުގައި 1069 މަގުމަތީ އެކްސިޑެންޓް ހިނގާފައިވެއެވެ. އަދި މި އެކްސިޑެންޓްތަކުގައި އެކަކު ވަނީ ދުނިޔެ ދޫކޮށްފައެވެ.
މި މުއްދަތުގައި އެންމެ ގިނަ އެކްސިޑެންޓުތައް ރިޕޯޓުކޮށްފައިވަނީ މާލޭންނެވެ. އެއީ 561 އެކްސިޑެންޓެވެ.

ކިޔުންތެރިންގެ ހިޔާލު