އިބްރާހިމް ފަހީމް   22 އޭޕްރީލު 2025 - 21:0
މުދަލު ޒަކާތް ބަލައިގަންނަނީ..
މުދަލު ޒަކާތް ބަލައިގަންނަނީ..
މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 9،264 ރުފިޔާގެ ގޮތުގައި ހަމަޖައްސާފައިވާކަމަށް ޒަކާތު ހައުސް އިން ބުނެފިއެވެ.

ޒަކާތު ހައުސް އިން މިއަދު ބުނީ މިއަދުން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، ރިހީގެ ގްރާމަކަށް 15.57 ގެ ރޭޓުން 595 ގްރާމަށްވާ 9264.15 ކަމަށެވެ.

އަދި މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރު ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.

ޒަކާތު ހައުސް އިން ބުނީ ޒަކާތްދިނުމަކީ އިސްލާމްދީނުގެ ރުކުނަކަށްވާއިރު އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ވުމުން ޝަރުޢީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި ނުވަތަ 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެތީ އެކަން ކުރުމަށް ނަސޭހަތްތެރި ވާކަމަށެވެ.

ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން