އެ މަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި ވައުދުވި މަޝްރޫއުތައް ތަންފީޒު ކުރުމުގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށް ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ކެބިނެޓު ސެޝަންގެ މަސައްކަތު ބައްދަލުވުމަށް ފަހު، އެ މަނިކުފާނުގެ ވަޓްސްއެޕް ޗެނަލްގައި ހިއްސާ ކުރެއްވި މެސެޖެއްގަ އެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުން އެންމެ އިސްކަންދީގެން ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވުމަށް މަޝްވަރާ ކުރެއްވުމަށް މިއަދު ބޭއްވި ކެބިނެޓުގެ މަސައްކަތު ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށެވެ.

"މިނިސްޓަރުންނާއި މެނޭޖިން ޑައިރެކްޓަރުންނާ އެކު މިއަދު ބޭއްވި މަސައްކަތު ބައްދަލުވުން ވަރަށް ކާމިޔާބު. އަޅުގަނޑުގެ މެނިފެސްޓޯގައި ހިމެނޭ އަދި ރިޔާސީ ކެމްޕޭނުގައި ވައުދުވި ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ފުރިހަމަ، ތަފްސީލީ އަދި އަމަލީ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން ތަންފީޒު ކުރުމުގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށް އެބަދޭ،" ރައީސްގެ މެސެޖްގައިވެ އެވެ.

ސަރުކާރުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކޮށް މަޝްވަރާކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބޭއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް އޮފީހުން ބުނީ މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މަޝްރޫޢުތައް ނިންމަން ކަނޑައަޅާފައިވާ ތަރީޚްތަކަށް މަޝްރޫޢުތައް ނިންމުމަށް ބާރުއަޅުއްވައި އެކަންކަން ފުރިހަމަކުރުމަށް ބޭނުންވާކަންކަން އޮޅުންފިލުއްވާފައެވެ. އަދި ވަޒީރުންނާއި ކުންފުނިތަކުގެ އެމް.ޑީ އިން ފާހަގަކުރެއްވި ކަންކަމަށް މަގުފަހިކުރުމަށް އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވައި، މަޝްރޫޢުތަކުގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. މީގެ އިތުރުން ވީހާވެސް ގިނައިން ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ ދެފުއްފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށްގެންދިއުމަށް މި ބައްދަލުވުމުގައި ރައީސް ވަނީ އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން