ނިރުބަވެރި އިސްރާއީލުގެ ސިފައިން ޣައްޒާގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށް ހަމަލާދީ ދިހަ މީހުން މަރާލައިފިއެވެ.

އިސްރާއީލުގެ ސިފައިން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ކޮންމެ ދުވަހަކުވެސް ދަނީ ކުށެއް ނެތް އެތައް ބަޔަކު މަރަމުންނެވެ. މިފަހަރު ޣައްޒާ ސިޓީގެ އެލް ޑޯރާ ޕީޑިއޭޓްރިކް ހޮސްޕިޓަލަށް ދިން ހަމަލާގައި އެ ހޮސްޕިޓަލް އެއްކޮށް ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކޮށްފައެވެ.

މި ހަމަލާގެ އިތުރުން އިސްރާއީލް ސިފައިން ޣައްޒާ ސިޓީގައި ގިނަ ބަޔަކު ބޯހިޔާވަހިކަން ހޯދަމުންގެންދާ ސްކޫލަކަށްވެސް ހަމަލާދީފައިވެއެވެ. މި ހަމަލާގައި ފަލަސްތީނުގެ 32 މީހުން ވަނީ މަރުވެފައެވެ.

ނިރުބަވެރި އިސްރާއީލުގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާއިރު މިކަމާ ގުޅިގެން ދުނިޔޭގެ ލީޑަރުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ގަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ތާނީ ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މެދުވެރިންނާއި އެކު ދޯހާއިން އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން