މުމްބާއީ އިންޑިއަންސް ގެ މުހިންމު ކުޅުންތެރިން
މުމްބާއީ އިންޑިއަންސް ގެ މުހިންމު ކުޅުންތެރިން
އިންޑިއާގެ މަޝްހޫރު ކްރިކެޓު ޓީމު "މުމްބާއީ އިންޑިއަންސް" އާއި ގުޅިގެން ރާއްޖެ ޕްރޮމޯޓު ކުރުމަށް ވިޒިޓް މޯލްޑިވްސްއިން ހިންގަން އުޅުނު ކެމްޕެއިން މަޑުޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވީ މުމްބާއީ އިންޑިއަންސްއާ އެކު ރާއްޖެ އިޝްތިހާރުކުރަން މަސައްކަތްތަކެއް ރޭވި ނަމަވެސް މި ކެމްޕޭނުގެ ފައިނޭންޝިއަލް ޓާރމްސް އާ ގުޅިގެން ހިޔާލުތަފާތުވުންތަކެއް އުޅޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބައެއް ކަހަލަ ފައިނޭންޝަލް ޓާމްސްތަކަށް އެ ބޭފުޅުން ނެގޯޝިއޭޓު ކުރަން ބޭނުންވާތީ މި ކެމްޕޭނު މިވަގުތު މަޑުޖެހިފައިވާ ކަމަށެވެ.

އަދި އެ ކްލަބާއެކު އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް، އިންޑިއާގެ މަޝްހޫރު ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އެގޮތުން ބޮލީވުޑް ސްޓާރުންނާއި އިންޑިއާގެ ދެކުނުގެ ހިސާބުތަކުގައި ވެސް ރާއްޖެ އިޝްތިހާރު ކުރުމަށް ހާއްސަ ހަރަކާތްތަކެއް ހިންގަން ނިންމާފައިވާ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން