މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުން ގަވާއިދާ ހިލާފަށް އަމަލު ކޮށްފައިވޭތޯ ބަލަން ތަހުގީގެއް ހިންގަން ނިންމާފައިވާކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ހާމަކޮށްފިއެވެ.
އެންއައިސީން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގައި ފުލުހުން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފުލުހުންގެ މައްޗަށް އެކި ތުހުމަތުތައް ކޮށް ވާހަކަ ދެކެވެމުންދާ ކަމަށެވެ.
އެހެންކަމުން ފުލުހުން އަމަލު ކުރަން ޖެހޭ އުސޫލާއި ހިލާފަށް އަަމަލު ކޮށްފައިވޭތޯ ބެލުމަށްޓަކައި ފުރިހަމަ ތަހުގީގެއް ހިންގުމަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މި ހާދިސާއާ ގުޅޭ ތަފްސީލު ފުލުހުން ހާމަކުރުމުގެ ކުރިން ބައެއް އާންމުން ވަނީ އެ ހާދިސާއާ ގުޅުވައި ތަފާތު އެކި ތުހުމަތުތައް ކޮށް އަންހެން ކުއްޖާ ވެއްޓުނީ ނޫން ކަމަށާއި އެ ކުއްޖާއަށް އަނިޔާކޮށް ވައްޓާލީ ކަމަށް ބުނެ ވާހަކަ ދައްކާފައެވެ.
މިކަމާ ގުޅިގެން ފުލުހުން ވަނީ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ހާދިސާއާ ގުޅޭ މުހިންމު ބައެއް މައުލޫމާތު ނޫސްވެރީންނާއި ހިއްސާކޮށްފައެވެ. އަދި އެ ހާދިސާއާ ގުޅޭ ބައެއް މަންޒަރުތައްވެސް ފުލުހުން ވަނީ ދައްކާފައެވެ.
މި ބައްދަލުވުމުގައި ފުލުހުން ބުނީ މި ހާދިސާގައި ހިމެނޭ އަންހެން މީހާއާއި އޭނާއާއެކު އެ ރޭ އުޅުނު ފިރިހެން މީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އަދި އެ އަންހެން މީހާ ވެއްޓިފައިވަނީ މީހެެއްގެ ބައިވެރިވުމަކުން ނޫންކަން މިހާތަނަށް ބެލި ސީސީޓީވީ ފުޓޭޖްތަކުން ދެނެގަނެވިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި އަންހެން މީހާ ވައްޓާލި ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މިހާދިސާގަައި ފުރާޅު މައްޗަށް ވެއްޓުނު އަންހެން މީހާ އަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައެވެ. ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު ވެންޓިލޭޓަރުން މިހާރު ނަގާފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު