މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން އަންހެނަކު ވެއްޓުނު މައްސަލާގައި އެ އަންހެން މީހާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ މާލޭގައި އެއްވެ އަޑުއުފުލަން ފަށައިފިއެވެ.
އެ މައްސަލާގައި މިރޭ ގިނަ ބަޔަކު ދަނީ ހެންވޭރުގެ ޕޮލިސް ސްޓޭޝަން ކައިރީ އެއްވެ އަޑު އުފުލަމުންނެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ތިބީ އެ އަންހެން މީހާއަށް އިންސާފު ހޯދައިދިނުމަށާއި، އިންސާފުވެރި ދެފުއްފެންނަ ތަހުގީގެއް ކުރުމަށް ގޮވާލާ ބޯޑުތައް ހިފައިގެނެވެ.
އެއްވުމުގައި ބައިވެރިވަމުންދާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި ބުނަމުންދަނީ، އެ މައްސަލާގައި ހިމެނޭ ވެއްޓުނު އަންހެން މީހާގެ ވަނަވަރު ފުލުހުން ހާމަކުރިނަމަވެސް، އެ މައްސަލާގައި ދެން ހިމެނޭ ފިރިހެނުންގެ ވަނަވަރު ފުލުހުން ހާމަނުކުރަނީ ބާރުގަދަ ބައެއްގެ ނުފޫޒު އޮތުމުން ކަމަށެވެ.
އެހެންކަމުން އެ ފަރާތްތަކުގެ ނަންތައް ހާމަ ކުރުމަށް އެމީހުން ދަނީ ގޮވަމުންނެވެ. ހަމަ އެގޮތަށް އޭގެ ތެރޭގައި ހިމެނޭ ސަރުކާރުގެ ބައެއް ކޮމެޓީތަކުގައި ހިމެނޭ ޒުވާނުން އެ ކޮމެޓީތަކުން ވަކިކުރުމަށާއި ހައްޔަރު ކުރުމަށް ވެސް ދަނީ ގޮވަމުންނެވެ. އަދި މި މައްސަލާގައި ފުލުހުން އަމަލުކުރަމުންދަނީ މިފަދަ އެހެން މައްސަލަތަކުގައި އަމަލުކުރަމުންދާ ގޮތަށް ނޫންކަމަށާއި ފުލުހުންގެ ތަހުގީގު އިންސާފުވެރި ނޫންކަމަށް ވެސް ދަނީ ގޮވަމުންނެވެ.
ހުކުރު ދުވަހުގެ ހެނދުނު އަންހެން މީހާ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުމުން އެމްއެންޑީއެފުގެ އެހީތެރިކަން ހޯދައިގެން އެމީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސް ވެންޓިލޭޓަރުގައި ފަރުވާ ދީފައެވެ. އެ އަންހެން މީހާ މިހާރު ހޭ އަރާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލާގައި ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް މައުލޫމާތުތައް ހާމަކުރިއިރު އަންހެން މީހާ ވެއްޓުމުގެ ކުރިން ކަންހިނގި ގޮތުގެ ސީސީޓީވީ ފުޓޭޖު ދެއްކިނަމަވެސް، އަންހެން މީހާ ވެއްޓުނު ވަގުތުގެ ފުޓޭޖު ދައްކާފައި ނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު