މިދިޔަ ހުކުރު ދުވަހު މާލޭގެ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާގެ މައްސަލައިގައި އެއްވެސް ކަމެއް ނުފޮރުވާނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
އެ ހާދިސާއާ ގުޅޭ މައުލޫމާތު ހާމަކުރުމަށް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ އަންހެން މީހާ ވެއްޓިފައި އޮއްވާ ފެނުނުތާ ހަ ދުވަސް ވެފައިވާއިރު އެ މައްސަލައިގެ ތަހުގީގުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
އެހެން ނަމަވެސް ތަހުގީގަށް އަދިވެސް ވަގުތު ބޭނުންވާކަމަސް ވެސް ސީޕީ ވިދާޅުވި އެވެ.
"ހަމަ ގައިމުވެސް އަޅުގަނޑު ދޭނެ ޔަގީންކަމަކީ މި މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސާވިސްއިން އެއްވެސް އެއްޗެއް ފޮރުވާފަ ބާއްވާނެ މައްސަލައެއް ނޫންކަން." ސީޕީ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ އެ ހާދިސާ ހިނގިއިރު ސީންގައި ތިބީ ރައުދު އަހުމަދު ޒިލާލުއާއި އަންހެން މީހާ އެކަނި ކަމަށެވެ.
އަދި އެ ދެ މީހުންނާއެކު އެރޭ އުޅުނު މީހުންނާ އެ ހާދިސާއާ ގުޅުން އޮތްތޯ ބަލަން އިތުރަށް ތަހުގީގުކުރަން ޖެހޭ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
އަންހެން މީހާއަށް އެންމެ ފުރަތަމަ ފަރުވާދިނީ ވެންޓިލޭޓަރުގަ އެވެ. ނަމަވެސް މިހާރު އޭނާ ވަނީ ވެންޓިލޭޓަރުން ނަގައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު