ހެންވޭރުގައި ހުރި އިމާރާތަކުން މިމަހު 18 ވަނަ ދުވަހު އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅުންހުރި އެންމެންގެ ވަނަވަރު މިއަދު މޯލްޑިވްސް ޕޮލިސް ސާވިސް އިން އާންމު ކޮށްފިއެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު އާންމު ކޮށްފައިވަނީ މި ހާދިސާގެ ތަހުގީގު ކުރަމުންދާ ގޮތުގެ ތަފްސީލު ރައްޔިތުންނަށް ހާމަކުރުމަށްޓަކައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި މައްސަލާގައި އިމާރާތެއްގެ 9 ވަނަ ބުރިން ވެއްޓިފައި އޮއްވާ ފެނުނީ ހައްވާ ޔުމްނު ރަޝީދު، ކ. މާލެ، ގ. ރަނައުރާގޭއާގެ (21އ) އެވެ. އެ އަންހެން މީހާ ވެއްޓުމުގެ ކުރިން އޭނާއާއެކު ހ. ފެންޓެނޯއީގޭގައި ރައުދު އަހުމަދު ޒިލާލު، ކ.މާލެ، ގ. އެރިޔަދޫ (21އ) ހަރަކާތްތެރިވެފައިވާކަން ތަހުގީގުން ހޯދިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މި މައްސަލައާ ގުޅިގެން މިހާރު ރައުދުއާ ސުވާލު ކޮށްފައިވާއިރު، އޭނާ ޓެސްޓުކުރި ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެެވެ.
މި ހާދިސާ ހިނގިރޭ ޔުމްނު އަދި ރައުދާއެކު އެރޭ 12:00 އިން ފެށިގެން ފަތިސްވަންދެން އެކުގައި އުޅެފައިވާ 7 މީހުން ދެނެގަނެވިފައިވާއިރު، ފުލުހުން ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމީހުންގެ ވަނަވަރުވެސް އާންމުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އައިޝަތު ލަޔާލީ އިޤްބާލު، ކ. މާލެ، ގ. ނޯތުބްރީޒް (22އ)
- ޔޫސުފް ޣައްސާރު އަބްދުލްޣައްފޫރު، ކ.މާލެ، ހ.މީނާޒް (28އ)
- ޔޫސުފް އަހުމަދު އަކުރަމް، ކ. މާލެ، މއ. މާންދޫގޭދެކުނުގެ (22އ)
- ހުސައިން ހަލީސް އަލީ، ނ. ވެލިދޫ، އަވި (28އ)
- އާމިނަތު ޖުނެއިިނާ ޖަމްޝީދު (ނާނާ)، މ. ތިލަފަޅު (24އ)
- އިޒްދިޔާން މުހައްމަދު މައުމޫން، ކ.މާލެ، މއ. މާންދޫގޭދެކުނުގެ (28އ)
- އިޖާޒް ޖާއިޒް، އޭޕްރީލް، ގދ.ފަރެސްމާތޮނޑާ (24އ)
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ އަލީ ސުޖާއު ވިދާޅުވީ މި އެންމެންގެވެސް ޕާސްޕޯޓު ހިފަހައްޓައި، ރާއްޖެއިން ބޭރަށް ފުރުން މިހާރު މަނާ ކޮށްފައިވާ ކަމަށެވެ.
ސީޕީ ވިދާޅުވީ މި ހާދިސާގެ ތަހުގީގަށް އެ ހުރިހާ އެންމެންވެސް ވަދެ ނިކުމެ އުޅުނު ހުރިހާ ތަނެއް ބަލައި ފާސްކުރުމުގެ ކަންތައް ކުރަމުންގެންދާނެ ކަމަށެވެ. އަދި ތަހުގީގު ނިމެންދެން މިއިން އެއްވެސް ފަރާތަކަށް ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭނެ ކަމަށްވެސް ސީޕީ ވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު