ރައުދު އަހުމަދު ޒިލާލު
ރައުދު އަހުމަދު ޒިލާލު
މިދިޔަ ހުކުރު ދުވަހު މާލޭގެ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާގެ މައްސަލައިގައި މީހަކު ހައްޔަރުނުކުރި ސަބަބު ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ސާފުކޮށްދެއްވައިފި އެވެ.

އަންހެން މީހާ ވެއްޓުނުއިރު އޭނާއާ އެއްކޮށް އުޅުނު ރައުދު އަހުމަދު ޒިލާލު ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް ފުލުހުން މިއަދު ވަނީ އެދިފަ އެވެ. ނަމަވެސް އެ ހާދިސާ ހިނގިތާ ހަފްތާއެއްހާ ދުވަސްވީ އިރުވެސް އެކަން ނުކޮށް އޮތުމުން ގިނަ ބައެއްގެ ފާޑުކިއުން އޮތީ އަމާޒުވެފަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ މީހަކު ހައްޔަކުރުމުގައި ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާތްތަކެއް ހިމެނޭ ކަމަށެވެ.

ސީޕީ ވިދާޅުވީ އާންމުކޮށް އެފަދަ މައްސަލަތަކުގައި މީހަކު ހައްޔަރުކުރުމަށް ފަހު މައްސަލަ ނިންމަން ފުލުހުންނަށް ގާނޫނީ ގޮތުން ލިބެނީ އެންމެ 30 ދުވަސް ކަމަށެވެ. އެހެން ނަމަވެސް އެ 30 ދުވަސް ތެރޭގައި ހުރިހާ ހެއްކެއް ނުހޯދިއްޖެނަމަ މައްސަލަ ފެއިލްވުމުގެ ފުރުސަތު އޮންނަ ކަމަށް ސީޕީ ވިދާޅުވިއެެވެ.

"އެހެންވީމާ ތަހުގީގީ ނަޒަރަކުން އެެބަ އެނގޭ އަޅުގަނޑުމެންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ބޭނުންވާ ކަންކަން އެ ފަރާތުން ނަގާފައި ހުރިކަން. އޭގެ މާނައެއް ނޫން އަޅުގަނޑުމެން މި ބަލާ ކަންތައްތަކުގެ ތެރޭގައި އިތުރު ކަންތައްތަކެއް ހުރެއްޖެކަމަށް ވެއްޖިއްޔާމު އެ މީހާ ހައްޔަރުނުކުރުން އެއީ އެ ވަގުތެއްގައި އައިއޯއަކުން ނަންގަވާ ޑިޒިޝަނެއް." ސީޕީ ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން