އިޒްދިޔާން މައުމޫން--
އިޒްދިޔާން މައުމޫން--
ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމުން ވަކިކުރި އިޒްދިޔާން މުހައްމަދު މައުމޫންގެ ކުށުގެ ރެކޯޑް އޮންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު މާލޭގެ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާގެ މައްސަލައާ ގުޅިގެން ތުހުމަތުވާ މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކުރި އިރު އޭގެ ތެރޭގައު އިޒްދިޔާން ހިމެނެ އެވެ.

ފުލުހުން މިއަދު އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން 2015 އިން 2017 އަށް މަސްތުވާތަކެތީގެ މައްސަލައިގެ ކުށުގެ ރެކޯޑް އިޒްދިޔާންގެ އޮވެ އެވެ.

އެހެންވެ އެފަދަ ކުށުގެ ރެކޯޑް އޮންނަ މީހަކު ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަނުކޮށްފައި އޮތުމުން ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

އަންހެން މީހާ ވެއްޓުނުއިރު އިޒްދިޔާން "ސީން"ގައި ނެތް ކަމަށް ފުލުހުން މިއަދު ބުންޏެވެ. ނަމަވެސް އެ ހާދިސާއާ ގުޅުމެއް އޮތްކަން އެނގޭނީ މައްސަލަ ތަހުގީގުކޮށް ނިންމުމުން ކަމަށާއި އަދި އެކަމަށް ވަގުތު ބޭނުންވާ ކަމަށް ވެސް ފުލުހުން މިއަދު ބުންޏެވެ.

އެ މައްސަލައިގައި އިޒްދިޔާންގެ ޕާސްޕޯޓްވެސް އޮތީ ހިފަހައްޓައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން