މާލޭގެ ހެންވޭރުގައި ހުންނަ ފެންޓެނޯއީ އަށް ނޫސްވެރިންނަށް ވަނުމުގެ ހުއްދަ ނުދޭނެ ކަމަށް އެގޭގެ ވެރިފަރާތުން ފުލުހުންނަށް އަންގައިފިއެވެ.
ހ. ފެންޓެނޯއީގޭގެ ނުވަ ވަނަ ފްލޯއިން އަންހެނަކު ފުރާޅެއްގެ މައްޗަށް ވެއްޓުނު ހާދިސާ ހިނގާފައިވަނީ މިމަހު 18 ގައެވެ.
މި ހާދިސާގެ ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ އެ ހާދިސާ ހިނގި ގޭގެ ވެރިފަރާތާ ވާހަކަ ދައްކައިގެން އެގެއަށް ނޫސްވެރިންނަށް ވަދެވޭނެ ގޮތް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އެހެންނަމަވެސް، އޭގެ ފަހުން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ފެންޓެނޯއިގެއަށް ނޫސްވެރިންނަށް ވަދެވޭނެ ފުރުސަތު ހޯދުމުގެ ގޮތުން އެ ގޭގެ ވެރިފަރާތާ މަޝްވަރާ ކުރުމުން އެ ގެއަށް ނޫސްވެރިން ނުވެއްދޭނެ ކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށެވެ.
21 އަހަރުގެ ޔުމްނު ވެއްޓުނު ކަމަށް ބުނާ ގޭގެ ސީސީޓީވީ ފޫޓޭޖުވެސް މިއަދު ފުލުހުން ވަނީ ދައްކާލާފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ޔުމްނު ވެއްޓުނު ކަމަށް ބެލެވެނީ ހުކުރު ދުވަހުގެ ފަތިހު 4:52 ހާއިރު އެވެ. އެގެއަށް ވަނުމަށްފަހު ޔުމްނު އަދި ރައުދު އުޅުނު ގޮތްވެސް ސީސީޓީވީ ފޫޓޭޖުން ފެނެއެވެ.
އެ ބިލްޑިންގެ ކުރެހުމެއް ވެސް ފުލުހުން ވަނީ އާންމު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު