މަރްޔަމް ނަހްދާ ވަޙީދު   24 އޭޕްރީލު 2025 - 19:7
ފެންޓެނޯއި ގެ ކުރެހުމެއް، ފޮޓޯ: ފުލުހުން
ފެންޓެނޯއި ގެ ކުރެހުމެއް، ފޮޓޯ: ފުލުހުން
ހެންވޭރު ފެންޓެނޯއީއަށް ވަނުމުގެ ހުއްދަ ގޭގެ ވެރިފަރާތުން ނޫސްވެރިންނަށް ދީފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މީގެ އިރުކޮޅެއް ކުރިން މީޑިއާއާ ހިއްސާ ކުރި މެސެޖެއްގައި ފުލުހުން ބުނީ ހާދިސާ ހިނގި ގެއަށް މީޑިއާތައް ވަނުމުގެ ފުރުސަތު ދޭނެކަމަށް ގޭގެ ވެރިފަރާތުން ފުލުހުންނަށް މިހާރު އަންގާފައިވާ ކަމަށެވެ.

ހ. ފެންޓެނޯއީގެ 9 ވަނަ ފަންގިފިލާއިން 21 އަހަރުގެ އަންހެނަކު ވެއްޓުނު ހާދިސާ ހިނގާފައިވަނީ މިމަހު 18 ގައެވެ. މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ހާދިސާ ހިނގި ގޭގެ ވެރިފަރާތާ ވާހަކަ ދައްކައިގެން އެގެއަށް ނޫސްވެރިންނަށް ވަދެވޭނެ ގޮތް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެހެންނަމަވެސް މިއަދު މެންދުރުފަހު މީޑިއާއަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ފެންޓެނޯއިގެއަށް ނޫސްވެރިންނަށް ވަދެވޭނެ ފުރުސަތު ހޯދުމުގެ ގޮތުން އެ ގޭގެ ވެރިފަރާތާ މަޝްވަރާ ކުރުމުން އެ ގެއަށް ނޫސްވެރިން ނުވެއްދޭނެ ކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ގިނަ ފަރާތްތަކަކުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ފުލުހުން މިގޮތަށް މައުލޫމާތު ދިން ނަމަވެސް، ގޭގެ ވެރިފަރާތުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ނޫސްވެރިން އެގެއަށް ވަނުމަށް ހުރަސް ނާޅާކަމަށެވެ. އަދި ފުލުހުން މީޑިއާތަކަށް ކުރިން މެސެޖު ފޮނުވީ ގޭގެ ވެރިފަރާތާ މަޝްވަރާ ނުކޮށް ކަމަށްވެސް އެފަރާތުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން