އިބްރާހިމް ފަހީމް   24 އޭޕްރީލު 2025 - 19:35
އަންހެން މީހާ ވެއްޓުނު މައްސަލާގައި ހިމެނޭ ރައުދު
އަންހެން މީހާ ވެއްޓުނު މައްސަލާގައި ހިމެނޭ ރައުދު
މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ރައުދު އަހްމަދު ޒިލާލް މިރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ދެންމެ ބުނީ، މި މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، ގ. އެރިއަދޫ ރައުދު އަހްމަދު ޒިލާލް (21އ) މިއަދު 18:20 ހާއިރު ހައްޔަރު ކޮށްފައިވާކަމަށެވެ.

ރައުދުގެ އިތުރުން ވެއްޓުނު އަންހެން މީހާ ހިމެނޭހެން ޖުމުލަ 7 މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާކަމަށް ފުލުހުން މިރޭ ވަނީ ބުނެފައެެވެ.

އަދި އެ މައްސަލައާއި ގުޅިގެން ހ. މާންދޫގޭގެ ދެކުނު ޓެރަސްއާއި އެ އިމާރާތުގެ 2 އަދި 4 ވަނަ ފަންގިފިލާ ބަލާފާސްކޮށްފައިވާ ކަމަށާއި ހ. ކަށިވެލި ގޭގެ 3 ވަނަ ފަންގިފިލާ ވެސް ފުލުހުން ވަދެ ބަލާ ފާސްކޮށްފައިވާކަމަށް ދެންމެ ފުލުހުން ވަނީ ބުނެފައެވެ.

އަންހެނަކު ފުޜާޅެއްމައްޗަށް ވެއްޓުނު ހާދިސާގެ ތަހުގީގުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށްބުނެ ގިނަ އަދަދެއްގެ ޒުވާނުން ރޭ ވަނީ މުޒާހަރާ ވެސް ކޮށްފައެވެ. އެ މުޒާހަރާގައި ފުލުހުންނަށް ގިނަ ތުހުމަތުތަކެއް ކުރުމުން ފުލުހުންގެ ފަރާތުން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެ ރޭގެ ބައެއް ސީސީޓީވީ ފުޓޭޖުތައް ވެސް އާންމުކޮށްފައެވެ. އަދި ގިނަ މީޑިއާތަކުން ވަނީ އެ މަންޒަރުތައް ލައިވް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން