މިދިޔަ ހުކުރު ދުވަހު ހެނދުނު އަންހެންކުއްޖަކު އިމާރާތަކުން ވެއްޓުނު މައްސަލާގައި ހިމެނޭ ރައުދު އަހުމަދު ޒިލާލް އާއި އަންހެން މީހާ ހިމެނޭހެން 7 މީހެއްގެ ފޯނު ހިފަހައްޓައިފިއެވެ.

ފުލުުހުން މީޑިޔާތަކަށް ފޮނުވި މެސެޖެއްްގައި ބުނެފައިވަނީ ރައުދު އަހުމަދު ޒިލާލް އާއި ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ހިމެނޭހެން ހަތް މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގިގޮތާއި މެދު ސުވާލު އުފައްދައި އެ އަންހެންކުއްޖާ ރޭޕް ކުރުމަށްފަހު ފުރާޅު މައްޗަށް އެއްލާލި ކަމަށް އާންމު ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެެ. އެހެން ނަމަވެސް ފުލުުހުން ބުނެފައިވަނީ ތަހުޤީޤުގައި މިހާތަނަށް ބެލިބެލުމުން ޔުމްނު ވައްޓާލީ ކަމަށް ނުބެލެވޭ ކަމަށެވެ. ފުލުހުން ބުނީ އެ ހާދިސާ ހިނގިރޭ ޔުމްނު އާއި އެކު 7 މީހަކު އުޅުނު ކަމަށެވެ. އަދި އެހަތް މީހުން ހާދިސާ ހިނގި ރޭ 12.00 އިން ފެށިގެން ފަތިހު 03.30 އާއި ހަމަޔަށް މއ. މާންދުގެދެކުނުގޭގައި އޮތް ޕާޓީއެއްގައި އުޅެފައިވާ ކަމަށް ފުލުހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން