މާލޭގައި 11 މީހުން ހިމެނޭ ކުށްކުރާ ބޮޑު ނެޓްވޯކެއްގެ އެކައުންޓުތަކުގައި 64 މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ޢަލީ ޝުޖާޢު ރޭ ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ، މާލެއަށް ނިސްބަތްވާ ނަން މަޝްހޫރު ގްރޫޕެއްގެ ފައިނޭންޝަލް އިންވެސްޓިގޭޝަންގެ ތަހުޤީޤު ނިމިފައިވާ ކަމަށެވެ. އެގޮތުން ކުށްކޮށްގެން ހޯދި ކަމަށް ބެލެވޭ 64 މިލިއަނެެއްހާ ރުފިޔާ 11 މީހުންގެ ގޭންގު ނެޓްވޯކެއްގެ މެދުގައި ދައުރުކުރި މައްސަލައެއްގެ ތަހުގީގުކޮށް ނިމި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް ފުލުހުން ތައްޔާރުވެފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
"މާލެއަށް ނިސްބަތްވާ ނަން މަޝްހޫރު ގްރޫޕެއްގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ނިމި މިހާރު ނެޓްވޯކްގައި އުޅޭ މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފައި. ޖުމުލަ 11 މީހުން ހިމެނޭ މި ނެޓްވޯކްގައި 64 މިލިއަން ރުފިޔާ ދައުރުކުރި ގޮތް ބެލުމަށް ހިންގުނު ތަހުގީގެއް މިއީ، ދައުރުކުރެވިފައިވާ ފައިސާގެ ބޮޑު ބައެއް އެއީ ކުށް ކޮށްގެން ހޯދި ފައިސާ ކަން ވަނީ ދެނެގަނެވިފައި،" ސީޕީ ޝުޖާޢު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ މި މައްސަލައިގައި ހިމެނޭ މީހުންގެ މުދަލެއްވާނަމަ އެ މުދާ ދައުލަތަށް ނަގައިދިނުމަށް ވެސް ފުލުހުން އެދޭނެ ކަމަށެވެ. ރާއްޖޭގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށާފައިވާ މަސައްކަތް ނިންމާލާނީ އެފަދަ ގްރޫޕްތަކުގައި އިސްކޮށް އުޅޭ މީހުން ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމަށްފަހު ކަމަށް ޝުޖާޢު ވިދާޅުވިއެވެ. ސީޕީ ވިދާޅުވީ މި ސަރުކާރުން މި މައްސަލަ ހައްލު ކުރުމަށް އަލަށް ފެށި މަސައްކަތަކީ ކުށްކުރާ ނެޓްވޯކްތަކުގައި މަސައްކަތް ކޮށްފައިވާ އަދި މިހާރުވެސް މަސައްކަތް ކުރަމުންދާ މީހުން ހޯދާފައިވާ މުއްސަނދިކަމަކީ ކިހިނެއް ލިބުނު މުއްސަނދިކަމެއްތޯ ބަލައި، އެ މީހުންނަށް އަމާޒުކޮށް ފައިނޭންޝަލް އިންވެސްޓިގޭޝަންތައް ފެއްޓުން ކަމަށާއި އަދި މާލެއާއި ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި މި މަސައްކަތް ފަށާފައިވާއިރު އެމަސައްކަތް ކާމިޔާބު ކަމަށް ސީޕީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު