މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލާގައި އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ މިރޭވެސް މުޒާހަރާ ކުރަން ފަށައިފިއެވެ.
ރެއެކޭ އެއްގޮތަށް މިރޭ ވެސް ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރިން މުޒާހަރާ ފަށާފައިވާއިރު މިރޭގެ މުޒާހަރާ ކުރިއަށް ގެންދަނީ ހިނގާލުމެއް ގޮތަށެވެ. މި ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބަައިވެރިވަމުންދާއިރު އެ މުޒާހަރާގެ ބައިވެރިން ދަނީ ފުލުހުންގެ ތަހުގީގުގައި ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ބުނަމުންނެވެ.
އޭގެ އިތުރުން ވެއްޓުނު އަންހެން ކުއްޖާއާ އެކު ޕާޓީ ކުރުމުގައި އުޅުނު މީހުންނާ އާއިލީ ގުޅުން އޮންނާތީ، ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން އެ ތަހުގީގަށް ނުފޫޒު ފޯރުވަމުން ދާކަމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ. އަދި އަމީންގެ އިސްތިއުފާއަށް ވެސް ދަނީ ގޮވާލަމުންނެވެ.
ރޭ ފެށި މި މުޒާހަރާގައި އެ ފަރާތްތަކުން ވަނީ 6 ދުވަސްވެގެން ދިޔައިރު ފުލުހުން މައުލޫމާތު ހިއްސާ ނުކުރާތީ އެކަން ކުށްވެރިކޮށްފައެވެ. އޭގެފަހުން މިއަދު ހެނދުނު ކޮމިޝަނަރ އޮފް ޕޮލިސް ޝުޖާއު ވެސް ހިމެނޭހެން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި އެ ހާދިސާ ހިނގި ވަގުުތުގެ ބައެއް ސީސީޓީވީ ފުޓޭޖުތައް ދައްކާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު